ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލެ މަޝްރޫޢުން ދިވެހިންނަށް ވަޒީފާގެ އިތުރުން ވިޔަފާރީގެ ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ

449662 3 53fd565af92887910123f3d7abaa218cc8c028bc
އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު | ފޮޓޯ: މިހާރު
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރަސްމާލޭގައި ތަރައްޤީކުރާ “ވޯޓަރ ފްރޮންޓް އެންޑް މެރީނާ” މަޝްރޫޢުގެ ސަބަބުން ދިވެހިންނަށް ފަހިވާނީ ހަމައެކަނި ވަޒީފާގެ ފުރުޞަތުތަކެއް ނޫން ކަމަށާއި، ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރުމުގެ ފުރުޞަތުތަކެއްވެސް ތަނަވަސްވެގެންދާނެ ކަމަށް އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އަލްޢައްބާރު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށްގެންދާނީ ދިވެހި ރައްޔިތުންނަށާއި ޤައުމުގެ އިޤްތިޞާދަށް އެންމެ ފައިދާހުރި ގޮތަކަށް ކަމަށެވެ. އެގޮތުން، މަޝްރޫޢަށް ބޭނުންވާ އެންމެހައި ތަކެއްޗާއި ޚިދުމަތްތައް ދިވެހި މާކެޓުން ލިބެން ހުރިނަމަ، އެ ތަކެތި ހޯދުމުގައި އެންމެ އިސްކަމެއް ދޭނީ ދިވެހި ވިޔަފާރިތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ނިމި، އެ ސަހަރު ވުޖޫދަށް އަންނައިރު 15،000 އެއްހާ މީހުންނަށް ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ ކަމަށް އަލްޢައްބާރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ތަންތަން ބެލެހެއްޓުމާއި، މަރާމާތު ކުރުމުގެ އިތުރުން ވިޔަފާރިތައް ހިންގުން ހިމެނެއެވެ.

HajjCop_ads
Advertisement

މިއީ ހުރިހާ ޚިދުމަތަކާއި ތަކެއްޗެއް ބޭނުންވާނެ ފުރިހަމަ ސަހަރެއް. ކާބޯތަކެއްޗާއި މަހާއި ތަރުކާރީން ފެށިގެން އެހެނިހެން ހުރިހާ ސާމާނެއް ގަންނަން ޖެހޭނެ. އަޅުގަނޑުމެން އިސްކަންދޭނީ ދިވެހި ވިޔަފާރިތަކުން މި ތަކެތި ގަތުމަށް.

އަލްޢައްބާރު ވިދާޅުވިއެވެ.

އަލްޢައްބާރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ސަހަރުގައި މަދުވެގެން 1،500 ފިހާރަ ހުޅުވިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި އެ ތަންތަން ހިންގުމަށް ވިޔަފާރިވެރިން ހޮވުމުގައި ދިވެހިންނަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށާއި، ބޭނުންވާ ޙާލަތްތަކުގައި މާލީ އެހީތެރިކަމާއި، މަރާމާތުގެ އެހީތެރިކަން އަދި ބައިނަލްއަޤްވާމީ ކުންފުނިތަކާ ގުޅުވައިދިނުމުގެ އެއްބާރުލުންވެސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިއީ އެ ކުންފުނިން އެހެން ޤައުމުތަކުގައިވެސް ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ މޮޑެލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ސަރަޙައްދެއްގައި ކުރިއަށްގެންދާ “މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ” މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. އަދި މި މަޝްރޫޢު ފުރިހަމަވުމުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކު އެއް މިލިއަނަށް އިތުރުވެގެންދާނެ ކަމަށްވެސް ވަނީ އަންދާޒާކުރެވިފައެވެ.

 

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

77

ރަސްމާލެ މަޝްރޫއާއެކު ބޮޑު މުސާރައާ އެކު ދާއިމީ 18،000 ވަޒީފާ ދިވެހީންނަށް ލިބޭނެ: އަލައްބާރު

88887

ހުޅުމާލޭގައި ތަރައްޤީކުރާ 5،000 ހައުސިން ޔުނިޓުގެ ކޮންސެޕްޓް ޑިޒައިންތައް ޢާންމުކޮށްފި

43

ރަސްމާލެ މަޝްރޫއާއެކު ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެ: އަލައްބާރު

77

އަލައްބާރު ދެއްވީ ރަސްމާލެ މަޝްރޫއުގެ މަންފާ ދިވެހި ވިޔަފާރިތަކަށް ލިބޭނެކަމުގެ ޔަގީންކަން