ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ހަމަހަމަ ފުރުސަތު ލިބެން ޖެހޭ ކަމަށާ އެކަމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
“ރައްޔިތުންގެ އަޑު” ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ބައިވެރިވި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބެލެނިވެރިއަކު އެފަދަ ކުދީންނަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ރައީސްގެ ސަމާލު ކަަމަށް ބައެއް ކަންކަންް ގެންނަވާފަ އެވެ. އެގޮތުން އޭނާ ބުނީ އޭނާގެ ދަރިފުޅަކީ ވަަރަށް ރީއްޗަށް ކުރަހާ ކުއްޖެއް ކަމަށާ ނަމަވެސް އެފަދަ ކުދީންނަށް އެކަށީގެންވާ އެއްވެސް ފުރުސަތެއް ނުލިބޭ ކަމަށެވެ.
ޚާއްސަކޮށް ސުކޫލު މަރުޙަލާ ނިމުމުން އެފަދަ ކުދީންނަށް އެ ކުދީންގެ ކިބާގައި ހުންނަ ހުނަރެއް ތަރައްޤީކޮށް އަދި ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނޯންނަކަން ފާހަގަކުރި އެވެ.

އެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ އެފަދަ ކުދީންނާއި މީހުންނަށް ވެސް ހަމަހަމަ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އަދި އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެ ބެލެނިވެރިޔާއަށް ރައީސް ވަނީ އޭނާގެ ދަރިފުޅުގެ ހުނަރު ދައްކައިލެވޭނެ އަދި އިތުރު ފުރުސަތު ފަހިކޮށްދެވޭނެ ގޮތްތައް ބައްލަވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާފަ އެވެ.
މީގެ ކުރީ ބައެއް ޕްރަގްރާމްތަކުގައިވެސް ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުރި ގޮންޖެހުންތައް ބައެއް ބެލެނިވެރީން ވަނީ ރައީސްގެ ސަމާލު ކަަމަށް ގެންނަވާފަ އެވެ.











ކިޔުންތެރިންގެ ހިޔާލު