ރާއްޖޭގެ މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތް ބަލައިގަންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ހާމަކޮށްފިއެވެ.
އައިއެމްއެފްއިން މިކަން ހާމަކޮށްފައިވަނީ އެއިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރ މާލީ ވަޒީރު ހަސަން ޒަރީރުއާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މުޙައްމަދު މާއިތު ވަނީ މާލީ ވަޒީރު ހަސަން ޒަރީރުއާއި ބައްދަލުކުރައްވާފައިވަނީ މިހާރު ތައިލޭންޑްގެ ބެންގްކޮކްގައި ކުރިއަށްދާ އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް، ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި، އައިއެމްއެފް އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މާއިތު ވަނީ ކްރެޑިޓް ރޭޓިންތަކުން ރާއްޖެއިން ހޯދާފައިވާ ކުރިއެރުން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ބާއްވަމުންދާ ގުޅުން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ރޭޓިން 2017 ވަނަ އަހަރުން ފެށިގެން މޫޑީސް އަދި ފިޗުން ދަނީ ހަދަމުންނެވެ. މިކަން ކުރަން ފެށިފައިވަނީ ބޮޑެތި ދަރަނިތައް ނަގައި ޢުމްރާނީ ތަރައްޤީގެ މަސައްކަތް ކުރަން ފެށުމާއެކު ރާއްޖޭގެ މާލީ ހާލަތު ވަޒަން ކުރުމަށާއި ބެރުގެ އިދާރާތަކަށް އެކަން ބަޔާން ކުރެވޭނެ ނިޒާމެއް ފަހި ކުރުމަށެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ ރޭޓިންތައް ދަށްވުމަށް އާމްދަނީއާއި ނުބައްދަލު ޚަރަދުތައް ކުރުމާއި، ދަރަނިތައް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗު އަދި މޫޑީސްއިންވެސް ވަނީ ދަށްކޮށްފައެވެ. ދަރަނީގެ ހިރާސް އޮތް މިންވަރަށް ބަލައި ރޭޓިންތައް ދަށް ކުރިނަމަވެސް، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ދަރަނިތައް އަނބުރާ ދައްކަމުން ދިއުމާއެކު އެދެ އިދާރާއިންވެސް ވަނީ ރޭޓިންތައް ރަނގަޅު ކުރުމަށް ނިންމާފައެވެ.
މިގޮތުން ފިޗުން ވަނީ މިދިޔަ ޖޫން މަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން “ސީސީ” އިން “ސީސީސީ” ނުވަތަ އެއް ދަރަޖަ މައްޗަށް ޖައްސާފައެވެ. އަދި މޫޑީސްއިން ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށް ސީއޭއޭ 1 އަށް މަތިކޮށްފައެވެ.
ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން ދެ އޭޖެންސީންވެސް ރޭޓިން މައްޗަށް ޖެއްސުމުގެ ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ރާއްޖެއިން އަދާކުރަން ޖެހޭ ދަރަނިތައް އަދާކުރުމުން ދިއުމެވެ. މިގޮތުން މިއަހަރުގެ އެޕްރީލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމާއި، އިންޑިއާއިން ނަގާފައިވާ ދަރަނިތައް އަނބުރާ ދެއްކުން











ކިޔުންތެރިންގެ ހިޔާލު