ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޤްތިޞާދު ސިންދަފާތުކުރުމުގައި ދަނޑުވެރިން އަދާކުރާ ދައުރު ވަރަށް މުހިންމު: ރައީސް

Gqhakxkx0aahccr
“ދިވެހިރާއްޖެ 2.0″ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ — ފޮޓޯ: ރައީސް އޮފީސް
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި، ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ދިވެހި ދަނޑުވެރިން އަދާކުރާ އަގުހުރި ދައުރުގެ މުހިންމުކަން ފާހަގަކުރައްވައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ޢާއްމުކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤްލާލާ ސީދާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު ހަނދާންކޮށްދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ދަނޑުވެރިކަމުގެ ދާއިރާ ފުޅާވެގެން ދިއުމުން، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. އަދި ސަރުކާރުގެ އަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓްކުރުމާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށައިދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ޢަޒުމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑުވެރިންނާއި، ދަނޑުވެރި އާއިލާތަކަށް، އަދި ދަނޑުވެރިކަމުގެ ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާއި ހެޔޮ އެދުން ފޮނުއްވައިފައެވެ.

ޤައުމީ ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރާއިރު، ދަނޑުވެރިކަމުގެ ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަނޑުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ހޯދުމަށް އިސްލާމިކް ފައިނޭންސިންގެ ދަށުން ލުއި ލޯނު ސްކީމެއް ވަނީ ތަޢާރަފްކޮށްފައެވެ.

މީގެއިތުރުން، ޒަމާނީ ދަނޑުވެރިކަން ކުރުމަށް އަމިއްލަ ވިލުންތެރި ގްރާންޓަށް ވެސް ވަނީ ހުޅުވާލައިފައެވެ. އަދި ރާއްޖޭގެ 10 ރަށެއްގައި މޭވާ އާއި ކާނާގެ ބާއްވަތްތައް ހެއްދުމަށް އެގްރޯފޮރެސްޓްރީ ފާމް އެޅުމަށް ވަނީ ނިންމައިފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gqhakxkx0aahccr

ރާއްޖޭގެ 1،000 މީހުންގެ އާބާދީ ހަމަވާ ކޮންމެ ރަށެއްގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ރައީސް ނިންމަވައިފި

“ސަރުކާރުގެ ޚިދުމާތު މަރުކަޒު” ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި

Nimaal

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

Big 94VwpB6DUWHjR3n4HjfMOy7i4

ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޓީޖީއެސްޓީ ޤާނޫނަށް އަވަސް އިސްލާޙުތަކެއް ގެންނެވުމަށް ރައީސް ނިންމަވައިފި