ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 10 11 at 13.35.12
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން، އެމްޑަބްލިޔުއެސްސީއާއެކު ފެނާއި ނަރުދަމާގެ ހޮޅި އެޅުމުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއިން ފަށާފައިވާ ކަމަށް ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތުގެ މައިގަނޑު މަޤުޞަދަކީ އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އަދި މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދަންޖެހޭ އެންމެހައި ފަންނީ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ތެރެއިން ލީން މަސައްކަތްތަކާއި ކޭބަލް ޓްރެންޗްގެ މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ މަގު ހެދުމުގެ މަސައްކަތްތަކަށް ބޭނުންވާ މުހިންމު ފަންނީ މަރުހަލާތަކެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ކެޗްޕިޓްތަކުގެ މަސައްކަތާއި އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާގެ ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން މައުލޫމާތުދީފައިވެއެވެ. މި މަސައްކަތްތައް ނިމުމުން އެ ސަރަހައްދުގެ އުމްރާނީ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ މަގުގެ ބައެވެ. ސަރުކާރުގެ އަމާޒަކީ މި ފިޔަވަހީގެ ހުރިހާ މަސައްކަތެއް މުޅިން ނިންމައި، އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އެ މަގު އާންމުންނަށް އަލުން ހުޅުވާލުމެވެ.

މާލޭގެ ފަޅުން ބައެއް ހިއްކައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްހޫރީ މައިދާނުން ފެށިގެން މަގު ފުޅާކޮށް ތާރު އަޅާފައިވާއިރު، ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މަގުތައް ވަނީ ތަރައްޤީކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 11 at 14.18.54

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ %63 މަސައްކަތް ނިމިއްޖެ

ނޭކުރެންދޫ ބަނދަރުގެ %59 ނިމިއްޖެ

އަމީނީ މަގު ސެގްމަންޓް 3ގައި މިހަފުތާގައި ތާރުއަޅަން ފަށަނީ

B02813ab 7f78 4e65 b9f1 6f69bdb4ece0

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިމޭނެ : ސަޢުދީ