ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން %59 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ ތެރެއިން 80 މީޓަރުގެ ސަރަހައްދެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ މުޅި ޖުމްލަ މަސައްކަތުގެ %59 މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި 13، 2024 ގައެވެ.

ނޭކުރެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، 22،323 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 6،806 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި 1،985 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 366 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލާނެއެވެ.
އަދި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 1،859 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއެ ހަރުކުރުން ހިމެނެއެވެ. މައި ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި މި މަސައްކަތުގެ ތެރެއިން 31،087 ސީބީއެމް، 290 މީޓަރު ބްރޭކްވޯޓާ، 76 މީޓަރުގެ ޗެނަލް ބްރޭކްވޯޓައެއް ގާއިމުކުރެވޭނެއެވެ.
މިއީ 45.11 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.










ކިޔުންތެރިންގެ ހިޔާލު