މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ “ބޭސިކް މެރިކަލްޗާ ޓްރެއިނިންގ ޕްރޮގްރާމް 2026” ގެ ތިންވަނަ ބުރު ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައެވެ. މި ބުރުގައި ޖުމްލަ 15 ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އަންހެން ބައިވެރިއަކުވެސް ހިމެނެއެވެ.
މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި، މެރިކަލްޗާގެ ދާއިރާއިން ބޭނުންވާ މުހިންމު އަސާސީ މަޢުލޫމާތުތަކާއި އަމަލީ ތަޖުރިބާ ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކަނޑުގެ ދިރުންތައް އާލާކުރުމުގެ އުކުޅުތަކާއި، ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަނެ އެކަންކަން މެނޭޖްކުރާނެ ގޮތްތަކާއި، ދިރުވާ ކާނާ (ލައިވް ފީޑް) އުފައްދާނެ ގޮތުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު އުސޫލުތައް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި މެރިކަލްޗާގެ ދާއިރާއިން މީހުން ބިނާކޮށް، މި ދާއިރާއަށް ދިވެހިން އަހުލުވެރިކުރުވުމެވެ. އަދި ރާއްޖޭގެ އެކުއަކަލްޗާ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަކީވެސް މި ތަމްރީނު ޕްރޮގްރާމުގެ މުހިންމު އެއް އަމާޒެވެ.











ކިޔުންތެރިންގެ ހިޔާލު