އިސްތިއުމާރީ ދައުލަތުގެ އުދުވާނީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި މިއަދުގެ މިހާތަނަށް 9 މީހުން ޝަހީދު ކޮށްލައިފިއެވެ.
މިއަދު ޝަހީދުކޮށްލި މީހުންގެ ތެރޭގައި 8 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޛާ ޝަހީދުކޮށްލާފައި ވަނީ އޭނާ ދިރިއުޅޭ ޓެންޓުގައި ހުއްޓައި ބަޑިޖަހައިގެންނެވެ.
އިސްތިއުމާރީ ޓެރަރިސްޓުން މިއަދުވެސް ވަނީ ޣައްޒާގެ އެކި ހިސާބުތަކަށް ބޮންއަޅައި، ބޮޑުބަޑީގެ ހަމަލާދީ އަދި ބަޑީގެ ހަމަލާތައްވެސް ދީފައެވެ. އަދި މިހާރުވެސް ހަމަލާ ދެމުން އެބަ ގެންދެއެވެ.

މި ހަމަލާތަކުގައި މިއަދުގެ މިހާތަނަށް 9 މީހުން ޝަހީދުވެފައި ވާއިރު، ޒަޚަމްވި މީހުންގެ އަދަދު 15 އަށް އަރާ ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެފައި ވެއެވެ.
މިއަދަކީ ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ހެދި އެއްބަސްވުމަށް އަމަލުކުރަން ފެށިތާ ބަރާބަރު އެއް އަހަރު ފުރުނު ދުވަހެވެ. އެކަމަކު، އެއީ އިސްރާއީލު ނަމެއްގައި ހެދި އެއްބަސްވުމެއް ކަމަށް، ފަލަސްތީނާއި، އެހީދޭ ޖަމްއިއްޔާތަކާއި މަދަނީ ޖަމްއިއްޔާތަކުން ބުނެއެވެ.
އެއްބަސްވުން ހެދިފަހުން މިހާތަނަށްވެސް ކޮންމެ ދިހަ ދުވަހަކު ނުވަ ދުވަހު ޣައްޒާއާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގައި ހަމަލާތައް ދެމުން ގޮސްފައި ވެއެވެ. މިދިޔަ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 1،450 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާއިން 74،370 މީހުން ޝަހީދުކޮށްލާފައި ވާކަމަށް ރެކޯޑް ކުރެވިފައި ވާއިރު، 9،500 މީހުން އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު