ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލެ މަޝްރޫއާއެކު ބޮޑު މުސާރައާ އެކު ދާއިމީ 18،000 ވަޒީފާ ދިވެހީންނަށް ލިބޭނެ: އަލައްބާރު

77
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރަސްމާލޭގައި ހިންގާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ސަބަބުން އިމާރާތްކުރުމުގެ މަރުހަލާގައި 40,000 ވަޒީފާ ލިބޭނެ ކަމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލީ އަލްއައްބާރު ވިދާޅުވެއްޖެއެވެ.

ސަން އޮންލައިނަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، އަލްއައްބާރު ވިދާޅުވި ގޮތުގައި ސަރުކާރުން ހުށަހަޅާފައިވާ މި މަޝްރޫއުގެ ސަބަބުން 15,000 އާއި 18,000 އާ ދެމެދުގެ އަދަދަކަށް ދާއިމީ ވަޒީފާ އުފެދޭނެއެވެ. މި އިންޓަވިއު ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ދާއިމީ ވަޒީފާތައް އުފެދިގެންދާނީ އެ ތަނުގައި ތަރައްގީކުރާ މީހުން ދިރިއުޅޭ އިމާރާތްތަކާއި، ހޮޓާތަކާއި، ވިޔަފާރިކުރާ ތަންތަނުގެ އިތުރުން ޕާކުތަކާއި ސްކޫލްތައް ފަދަ ވަސީލަތްތަކުގެ ތެރެއިން ކަމަށް އަލްއައްބާރު ފާހަގަކުރެއްވިއެވެ. އީގަލް ހިލްސްއިން ތަރައްގީކުރާ ތަންތަނުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން، އެ ކުންފުނީގެ މަޝްރޫއުތަކުގައި އާންމުކޮށް މުސާރައިގެ އޮނިގަނޑު އެހެން ތަންތަނަށް ވުރެ ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، އިމާރާތްކުރުމުގެ މަރުހަލާގައާއި އޭގެ ފަހުން ވެސް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބި، އޭގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތައް އިތުރުވެ، އިގުތިސާދީ ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށް އީގަލް ހިލްސްއިން ސިފަކުރެއެވެ. އެހެން ގައުމުތަކުގައި އެ ކުންފުނިން ހިންގާފައިވާ މިފަދަ މަޝްރޫއުތަކުގެ ތަޖުރިބާއަށް ބިނާކޮށް އަލްއައްބާރު އަންދާޒާކުރައްވާ ގޮތުގައި، ރަސްމާލެ މަޝްރޫއުގެ ސަބަބުން އިތުރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ކޮންމެ އަހަރަކު ޒިޔާރަތްކުރާނެއެވެ. އަދި މި މަޝްރޫއުގެ މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދެ ބިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ސަރުކާރަށް ލިބޭނެ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

ރަސްމާލެއަކީ 99 އަހަރުގެ މުއްދަތަކަށް 500 ހެކްޓަރުގެ ބިން ކުއްޔަށް ދީގެން، ދިވެހި ސަރުކާރާއި އީގަލް ހިލްސް ގުޅިގެން ހިންގުމަށް ހުށަހަޅާފައިވާ ބޮޑު މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ދަށުން 5,000 ހައުސިން ޔުނިޓް އެޅުމަށް އީގަލް ހިލްސްއިން ފަންޑުކުރާނެއެވެ. އަލްއައްބާރު ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ އަގުހުރި މި ބޯހިޔާވަހިކަމުގެ ބަޔަށް ފުރަތަމަ ހަރަދުކުރާނީ އެ ކުންފުނިންނެވެ. އަދި ފަހުން މުޅި މަޝްރޫއުގެ ތެރެއިން އެ އިންވެސްޓްމަންޓް އަނބުރާ ހޯދާނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތަފްސީލީ ޑިޒައިންތަކާއި ތިމާވެއްޓަށް އަސަރުކުރާ މިންވަރު ވަޒަންކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހެއެވެ. އަލްއައްބާރު ވިދާޅުވި ގޮތުގައި، އަންދާޒާކުރެވޭގޮތުން އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ. ނަމަވެސް ވަރަށް އަވަހަށް މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ބޮޑެތި މަޝްރޫއުތައް ހިންގާއިރު، ރާއްޖޭގެ ގާނޫނުތަކަށް އިހްތިރާމްކުރަންޖެހޭ، އަޅުގަނޑުމެން އެކަން ކުރާނަން: އަލައްބާރު

88887

ހުޅުމާލޭގައި ތަރައްޤީކުރާ 5،000 ހައުސިން ޔުނިޓުގެ ކޮންސެޕްޓް ޑިޒައިންތައް ޢާންމުކޮށްފި

43

ރަސްމާލެ މަޝްރޫއާއެކު ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެ: އަލައްބާރު

77

އަލައްބާރު ދެއްވީ ރަސްމާލެ މަޝްރޫއުގެ މަންފާ ދިވެހި ވިޔަފާރިތަކަށް ލިބޭނެކަމުގެ ޔަގީންކަން