ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑެތި މަޝްރޫއުތައް ހިންގާއިރު، ރާއްޖޭގެ ގާނޫނުތަކަށް އިހްތިރާމްކުރަންޖެހޭ، އަޅުގަނޑުމެން އެކަން ކުރާނަން: އަލައްބާރު

Qw
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރަސްމާލެ މަޝްރޫއަށް ބިން ކުއްޔަށް ދިނުމާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިންވެސްޓަރުން ފުރިހަމައަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލީ އަލްއައްބާރު ވިދާޅުވެއްޖެއެވެ.

މަޝްރޫއުތައް ހިންގާ ގައުމެއްގެ ގާނޫނުތަކަށް ޑިވެލޮޕަރުން ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށާއި، އެ ގަވާއިދުތައް ގަބޫލުނުކުރެވޭ ނަމަ އެފަދަ މަޝްރޫއުތަކާ ހަވާލުވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޚިޔާލުތައް ފާޅުކުރައްވާފައިވަނީ ރާއްޖޭގެ ނޫހަކަށް ދެއް ޚާއްސަ އިންޓަވިއުއެއްގައެވެ.

ރަސްމާލެއިން ބިން ދިގު މުއްދަތަކަށް ދޫކުރުމުގެ މައްސަލައިގައި އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާއިރު، މިކަމުގެ ސަބަބުން ގައުމީ އިސްތިގުލާލާއި ދިގު ރާސްތާގެ މަސްލަހަތާ މެދުބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ޚާއްސަކޮށް، ބިދޭސީ އިންވެސްޓަރުންނަށް ލިބިދާނެ ބާރުތަކާއި، ބިން ކުއްޔަށް ދިނުމުގެ އޮނިގަނޑާ މެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

HajjCop_ads
Advertisement

ގާނޫނުތަކަށް އިންވެސްޓަރުން ބޯލަނބަން ޖެހޭނެ ކަން ފާހަގަކުރައްވަމުން އަލްއައްބާރު ވިދާޅުވީ، ސަރުކާރުން ވަގުތުޖެހުމުން ގާނޫނުތަކަށް ބަދަލު ގެނައި ނަމަވެސް އިންވެސްޓަރުން އެކަމަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށެވެ. އަދި މުޖުތަމައުގެ ޝައުގުވެރިކަމާއި ތާއީދު ނެތް ނަމަ އެފަދަ މަޝްރޫއުތައް ކުރިއަށް ނުގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުންގެ ކަންބޮޑުވުންތަކަށް ޒިންމާދާރުކަމާއެކު ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި، އެކަންކަން ހައްލުނުކުރެވޭ ނަމަ މަޝްރޫއު ދޫކޮށްލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މަޝްރޫއުގެ ފުރިހަމަ ތަފްސީލުތައް އެއްބަސްވުންތައް ނިމުމުން ސަރުކާރުން ހާމަކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

77

ރަސްމާލެ މަޝްރޫއާއެކު ބޮޑު މުސާރައާ އެކު ދާއިމީ 18،000 ވަޒީފާ ދިވެހީންނަށް ލިބޭނެ: އަލައްބާރު

އީގަލްސް ހިލްސްގެ ވެރިޔާ އަލައްބާރް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ