ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ 1،000 މީހުންގެ އާބާދީ ހަމަވާ ކޮންމެ ރަށެއްގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ރައީސް ނިންމަވައިފި

Gqhakxkx0aahccr
“ދިވެހިރާއްޖެ 2.0″ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ — ފޮޓޯ: ރައީސް އޮފީސް
STO_Ads
Maldivian_Ads
TTH_Ads
Advertisement

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 1،000 މީހުންގެ އާބާދީ ހަމަވާ ކޮންމެ ރަށެއްގައި އަދި އެއާޕޯޓް އޮންނަ ކޮންމެ ރަށެއްގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށަކުން ލުއިފަސޭހަކަމާއެކު ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތު ކަމަށެވެ. މި ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ދަތުރުފަތުރުގެ ދަތިކަމާއި އިތުރު ހަރަދުތަކާ ނުލައި އަމިއްލަ ރަށުގައި ތިބެގެން އަސާސީ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕާސްޕޯޓުގެ ހިދުމަތް ލިބެމުންދިޔައީ އެންމެ ފަސް ސަރަހައްދަކުން ކަމަށާއި، ނަމަވެސް މިހާރު އެ ހިދުމަތް 39 ސަރަހައްދަކުން ލިބެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކޯށްދިނުމަށް ގެންދެވޭ މުހިންމު ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން މެލޭޝިއާ އާއި ސްރީލަންކާގެ ޑިޕްލޮމެޓިކް މިޝަންތަކުންވެސް މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އާ އަމާޒާ އެއްގޮތަށް ކުރިއަށް އޮތް ފެބްރުއަރީ މަހާ ހަމައަށް ޖެހެންވާ އިރަށް، އެ މިންގަނޑު ހަމަވާ ރަށްރަށުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މިންގަނޑަށް ބަލާއިރު އިތުރު ހަތަރު ރަށެއްގައި މި ހިދުމަތް އަލަށް ފަށަންޖެހޭ ކަމަށާއި، އެކަމަށް ބޭނުންވާ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ސަރުކާރުގެ ޚިދުމާތު މަރުކަޒު” ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި

Nimaal

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

Big 94VwpB6DUWHjR3n4HjfMOy7i4

ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޓީޖީއެސްޓީ ޤާނޫނަށް އަވަސް އިސްލާޙުތަކެއް ގެންނެވުމަށް ރައީސް ނިންމަވައިފި

Qw

ދަތްޖަހާ ސަޢީދު އަވަހާރަވުމަކީ ޤައުމަށް ލިބުނު ބޮޑު ހިތާމައެއް: ރައީސް މުއިއްޒު