މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ދަރިވަރު، އާމިނާ އިމީލީ ނާޒިމް (22އ) ގެ ޖަނާޒާ މިރޭ އެގައުމުގައި ބާއްވަން ހަމަޖައްސައިފިއެވެ.
އިމީލީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަޣްރިބް ނަމާދަށްފަހު، އެގައުމުގެ ސެލްގޯރްގެ ތާނާ ޕެރްކުބުރަން އިސްލާމް ޔޫއެސްޖޭ 22 ސުބަންގް ޖަޔާގައެވެ. މޫދު ދެއްކުމަށް ހަމަޖެހިފައިވަނީ މިއަދު 17:00 އިން 18:00 އަށެވެ.
އިމީލީ ވަޅުލުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް އިރްސާދާއި ޔޫއެސްޖީ 22 މިސްލިމް ސަހަރާގައެވެ.

މެލޭޝިއާގައި އިމީލީގެ ކަށުނަމާދުގެ ކަންކަން ކުރިއަށްދާއިރު، އާއިލާގެ ފަރާތުން ވަނީ ޖަނާޒާގައި ބައިވެރި ނުވެވޭ ފަރާތްތަކަށް މޫނު ދެއްކުމަށް “ވަޓްސްއެޕް” ގްރޫޕެއް ވެސް ހަދާފައެވެ. އެ ގްރޫޕުގައި މޫނު ދެއްކުމަށް ހަމަޖެހިފައިވާއިރު، އާއިލާގެ ފަރާތުން ވަނީ އާއިލާއަށް އިހުތިރާމު ކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން ސްކްރީޝޮޓް އަދި ސްކްރީން ރެކޯޑް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އިމީލީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން އަންނަ ހުކުރު ދުވަހު ވެސް އޮންނާނެ ކަމަށް އާއިލާގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު