ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިގްތިސާދު ސަލާމަތްކޮށް، އިންވެސްޓަރުންގެ އިތުބާރު ހޯދާތަން ފެނުމުން އިދިކޮޅު ލީޑަރުންނަށް ކެތްނުވަނީ: މެމްބަރު އަޝްރަޤް

788
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދަމުންދާ މަންޒަރު ފެނުމަކީ ވެރިކަމަށް ދަހިވެތިވެފައި ތިބި ނާކާމިޔާބު ލީޑަރުންނަށް ކެތްކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަޤް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ މެގަ ޕްރޮޖެކްޓަށް އިދިކޮޅު ބައެއް ފަރާތްތަކުން ފާޑިކިޔަމުންދާ މި ދަނޑިވަޅުގައި މެމްބަރު ސޯޝަލް މީޑިއާގައި އަޝްރަޤް ވިދާޅުވީ، ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނެ ފެތުރި ވާހަކަތަކުން ގައުމު ސަލާމަތްވެގެން ދިއުމަކީ އިދިކޮޅު ފަރާތްތަކަށް ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުންނަށް ބިރުދައްކައި، އެ ފަރާތްތަކުގެ އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރުމަކީ ގައުމަށް ހެޔޮއެދޭ އެއްވެސް ފަރާތަކުން ކުރާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު އަޝްރަޤް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، އިރާދަކުރެއްވިއްޔާ އެފަދަ ކަންކަން ކާމިޔާބެއް ނުވާނެ ކަމަށެވެ. ދިވެހި ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ބައްޓަންކުރައްވައި، އިޚްލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ހަމައެކަނި ލީޑަރަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ އެޓް ރަސްމާލެ ތަރައްޤީ ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމެންޓުގެ އެއްބަސްވުމެވެ. ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ އީގަލް ހިލްސް އާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުން އެކުލަވާލާފައެވެ.

މި އެއްބަސްވުމުގެ ދަށުން އީގަލް ހިލްސް ކުންފުނިން ރަސްމާލެއިން ފައިދާ ހޯދުމުގެ ކުރިން، އެމީހުންގެ އަމިއްލަ ޚަރަދުގައި 400 އާއި 500 މިލިޔަން ޑޮލަރު އިންވެސްޓްކޮށްގެން ހުޅުމާލޭގައި ތިން ކޮޓަރީގެ 5،000 ހައުސިންގ ޔުނިޓް އަޅައިދޭނެއެވެ. މި ފްލެޓްތަކުގެ އަގު އަދާކުރެވިގެންދާނީ ދައުލަތަށް ލިބޭ 10 އިންސައްތައިގެ ރެވެނިއު ޝެއަރގެ ތެރެއިންނެވެ.

ރަސްމާލެ ތަރައްޤީކުރާ އީގަލް ހިލްސް ކުންފުންޏަކީ ޖުމްލަ 450 ބިލިޔަން ޔޫއެސް ޑޮލަރަށްވުރެ އަގުބޮޑު މަޝްރޫޢުތައް ހިންގާފައިވާ ޤާބިލް ކުންފުންޏެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 400،000 ހައުސިންގ ޔުނިޓާއި، 90 އަށްވުރެ ގިނަ ހޮޓަލާއި، 17 ބޮޑު ޝޮޕިންގ މޯލް އެ ކުންފުނިން ވަނީ ބިނާކޮށްފައެވެ. އަދި ލަގްޒަރީ ހޮޓާތަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ މެރީނާތަކާއި، ވިޔަފާރީގެ މައި މަރުކަޒުތަކާއި، ކޮމިއުނިޓީ ސެންޓަރުތަކާއި، އާންމު ހިތްފަސޭހަ މައިދާންތަކުގެ އިތުރުން މުޅި ސިޓީއަކަށް ބޭނުންވާ ފުރިހަމަ އަސާސީ އިންފްރާސްޓްރަކްޗަރ ހިމެނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު