ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަކަތަ އިޤްތިޞާދުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

އިމާރާތްތަކުގައި ހަކަތަ އިޤްތިޞާދުކުރުމުގެ މިންގަނޑުތައް ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ޚާއްސަ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ކްލައިމެޓް އެންޑް ކްލީން އެއާ ކޯލިޝަން، ސީސީއޭސީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ ސެޕްޓެންބަރު 29 އިން އޮކްޓޫބަރު 1ގެ ނިޔަލަށެވެ. މީރުމާ ހޯލްގައި ކުރިއަށްގެންދާ މި ވޯކްޝޮޕްގައި، އިމާރާތްތަކުގައި ހަކަތަ އެފިޝިއެންޓްކުރުމާ ގުޅޭ ދިވެހިރާއްޖޭގެ މިންގަނޑުތަކަށް އަހުލުވެރިކުރުވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އިމާރާތްތައް ފަރުމާކުރުމާއި، ބިނާކުރުމާއި، އަދި ބޭނުންކުރުމުގައި ހަކަތަ އިގުތިސާދުކުރުމާއި ހަކަތަ ސަމަކާރަކުރުމުގެ އުސޫލުތައް ހިމެނުމަށް ބޭނުންވާ ފަންނީ ގާބިލުކަން ދާއިރާގެ މާހިރުންގެ ކިބައިގައި އިތުރުމުގެ ހަރަކާތުގައި ތަމްރީނު ދޭނީ ޑިލޮއިޓް މޯލްޑިވްސްގެ ފަރާތުންނެވެ.

HajjCop_ads
Advertisement

މި ވޯކްޝޮޕް ރަސްމީކޮށް އިފުތިތާހުކޮށްދެއްވުމަށްފަހު، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، އިމާރާތެއް ބިނާކުރުމުގެ އެންމެ ކުރީ މަރުޙަލާތަކުން ފެށިގެން ހަކަތައިގެ އިސްރާފު ކުޑަކުރުމުގެ ވިސްނުން ގެންގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އޭނާ ވިދާޅުވީ އިމާރާތްތައް ފަރުމާކުރުމާއި ބިނާކުރުމުގައި ނިންމާ ނިންމުންތަކަކީ މުޅި ގައުމުގެ ހަކަތަ ބޭނުންކުރާ މިންވަރަށް ދާއިމީ އަސަރުތަކެއް ކުރާނެ ކަމެއްކަމަށެވެ.

ޑރ. މުޢާވިޔަތުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، “މޯލްޑިވްސް އެނާޖީ އެފިޝަންސީ ގައިޑްލައިން ފޯ ބިލްޑިންގްސް” އަކީ އިމާރާތްތަކުގައި ހަކަތަ ބޭނުންކުރުން ހަރުދަނާކުރުމަށް މަގުދައްކައިދޭ ފަންނީ އުސޫލުތަކެއް ކަމަށެވެ. މި މިންގަނޑުގެ ނަތީޖާ ފެންނާނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންނަށް މި އުސޫލުތައް ރަނގަޅަށް އޮޅުންފިލައި، ޢަމަލީ މަސައްކަތުގައި އެކަންކަން ތަންފީޒުކުރާ މިންވަރެއްގެ މައްޗަށް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޖުމުލަ 40 ފަރާތަކުން މި ހަރަކާތުގައި ބައިވެރިވާއިރު، ބައިވެރިން “މޯލްޑިވްސް އެނާޖީ އެފިޝަންސީ ގައިޑްލައިން ފޯ ބިލްޑިންގްސް” މިންގަނޑުގެ މުހިންމު ބައިތަކަށް ޢަމަލީގޮތުން އަހުލުވެރިކުރުވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muiz

250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގެ ބުއިންތައް މަނާ