ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރު ފަރާތަކަށް ބިން މިލްކުވާނެ ފުރުޞަތެއް ނުދޭނަން: ރައީސް

raees muiz
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރަސްމާލޭގައި އީގަލް ހިލްސްއާއެކު ގެންދަން ނިންމާފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި ޤާނޫނުން ބޭރު އެއްވެސް ކަމެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި ތަޞައްވަރު އޮޅޭގޮތަށް ރަސްމާލެއާ ގުޅޭގޮތުން ވާހަކަދައްކަނީ ރައްޔިތުންނަށް ފައިދާވާ މިފަދަ ބޮޑެތި މަޝްރޫޢުތައް ރާއްޖެއަށް ގެނައުމުން ހުރަސްއަޅަންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަސްމާލެ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރަށް އީގަލް ހިލްސް މަޝްރޫޢުއާއެކު އެއްވެސް ބަދަލެއް ނާންނަކަމަށާއި، މިއީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމައަށް ހާސިލުވާނެ މަޝްރޫޢެއް ކަމަށެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރިއަށްގެންދާއިރު އެއަށް ފާޑުކިޔަނީ ޤައުމު އިސްކުރުމުގެ ވިސްނުން ނުހުންނާތީކަމަށެވެ. މިއީ ހިތާމަވެރިކަމެއް ނަމަވެސް ޙަޤީގަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިމާއަކީ ފުރަތަމަ ދިވެހި ރައްޔިތެއްކަން ހަނދާންނެތޭ ހިސާބަށް، ސިޔާސީ ވިސްނުން އިސްކުރެވޭ މިންވަރަށް ބައެއް ސިޔާސީ ފަރާތްތަކުން ވިސްނުން ގެންގުޅޭކަމަށެވެ.

“ޤައުމަށް ފައިދާވާ ކަމެއް ކޮންމެ ސަރުކާރަކުން ކުރިއަސް އިސްކުރާނީ ޤައުމޭ. ރާއްޖެއަށް ފައިދާވާނަމަ، ކޮންމެ ސަރުކާރަކުން ކުރިއަސް އެއަށް ތާޢީދު ކުރާނަމޭ. ޤަބޫލުކުރާނަމޭ. އެފަދަ ވިސްނުމެއް ނެތްނަމަ ޤައުމަށް ވަނީ ގެއްލުން. ފައިދާވާން ހުރި ކަންކަމަށްވެސް އެޅެނީ ހުރަސް.” ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ސިޔާސީ އޮއިވަރުގައި ފެށުނީއްސުރެއްވެސް ކަންކަން ދަނީ އެހެންކަމަށާއި، މިހާރުވެސް ފެނިގެން މިދަނީ އެފަދަ މަންޒަރެއްކަމަށެވެ. ލިޔާ އެއްޗަކުން، ދައްކާ ވާހަކައަކުން ނުވަތަ ކުރާ ކަމަކުން، ޒިންމާދާރުކަމާއެކު ޤައުމަށް ނުވިސްނާ ކަމެއްކޮށްފިނަމަ އޭގެ ނުރަނގަޅު އަސަރު ޤައުމަށް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަސްމާލެއަށް އަންނަ ބޮޑު މަޝްރޫޢުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އުމްރާނީގޮތުން އަދި އިޖުތިމާޢީގޮތުންވެސް ރާއްޖެއަށް ކުރިއެރުން އަންނާނެކަމަށެވެ. ނަމަވެސް މި މަޝްރޫޢުއާ ގުޅޭގޮތުންވެސް ދައްކަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި ޤާނޫނު އަސާސީއާ ޚިލާފު އެއްވެސްކަމެއް ނޯންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

“ބިން ވިއްކައިފިއޭ، މިލްކުކޮށްދީފިއޭ ކިޔަނީ. މިއީ ރާއްޖޭގެ ޤާނޫނު އަސާސީން މަނާކަމެއް. ޤާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ނޯންނާނެ. އެއްވެސް މަޝްރޫޢެއް ނުވަތަ އިންވެސްޓްމަންޓެއްވެސް ނުގެންދާނަން. އަޅުގަނޑަށް މުހިންމީ ޤައުމާއި ރައްޔިތުން. ބިން މިލްކުވާކަށް ފުރުޞަތެއް ނުދޭނަން. އެގޮތަށް ރާވާފައިވެސްވަނީ.” ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އީގަލް ހިލްސްއާއެކު އެއްބަސްވުންތައް ޤާއިމުކޮށްފަވަނީ، މިހާރުވެސް ޢަމަލުކުރާ އުސޫލުންކަމަށާއި، އެ ޤަވައިދުތަކާއި އުސޫލުގެ ބޭރުން އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ހޯދޭނެ ގޮތެއް ނުވަތަ މަގުފަހިވާނެގޮތަށް އެއްވެސްކަމެއް ހިމަނާފައި ނުވާނެކަމަށެވެ.

“ސޮވްރިން ގެރެންޓީ ދީގެން ނުވަތަ ސަރުކާރުން ލޯނެއް ނަގައިގެން ނުވަތަ ޓެކްސް ކޮންސެޝަން، ޑިއުޓީ އެގްޒެމްޕްޝަނެއް، އެފަދަ އެއްވެސް ކަމެއް ނޯންނާނެ. ކުއްޔަށް (ލީސް) މި ދެނީ. މިލްކެއް ނުކުރެވޭނެ.” ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެކަމަށާއި، ރާއްޖޭގެ ޖީޑީޕީ މަތިވެ، ރާއްޖޭގެ އިޤްތިޞާދާއި ރައްޔިތުންނަށް ލިބޭނީ ބޮޑުތަނުން ކުރިއެރުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ހޯދާ މިފަދަ ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން އެކިގޮތްގޮތަށް ވާހަކަދައްކަވަނީ، މަޝްރޫޢުތައް ރާއްޖެއަށް އަޔަނުދޭންކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ވަރަށް ރަނގަޅަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި މިކަމަށް ހުރަސް ނޭޅެކަމަށް ވިދާޅުވެ ރައީސް ވަނީ، މި ބޮޑު މަޝްރޫޢުއައިގެން ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އީގަލް ހިލްސް ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓަކީ 20 ބިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ. މިއީ ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސޯސަންމަގުގައި ހިނގި އެކްސިޑެންޓުގައި ނިޔާވި މާހިދާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

Quran

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކް ހޯދައިފި

473629 58b3876e 8

ޗައިނާއާއި ރާއްޖޭގެ ރަޙްމަތްތެރިކަމަކީ ކުރިމަގަށް އެޅިގެންދާ ބްރިޖްތަކެއް: ރައީސް

saudi - muiz

އިގުތިސޯދީ އޮނިގަނޑަށް ގެންނަން ބަދަލުގައި ސައުދީގެ ހިއްސާ އިތުރުކުރުމަށް އޮތީ ތައްޔާރަށް: ރައީސް