ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމާ ދެކޮޅު ކަންކަން ކުރުމަކީ ދިވެހި އަބުތާލުންގެ ގުރުބާނީއަށް ހަރާންކޯރުވުން: ރައީސް

raees muiz
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސިޔާސީ މަސްލަހަތުތަކެއް ހާސިލުކޮށް ބާރުވެރިކަން ހޯދުމަށް ގައުމާ ދެކޮޅަށް މަސައްކަތްކުރުމަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރައްވަައި މިއަދާ ހަމައަށް ގައުމު ވާސިލުކޮށްދެއްވުމަށް ދިވެހި އަބުތާލުން ކުރެއްވި ޖިހާދާއި ވެވަޑައިގަތް ގުރުބާނީއަށް ހަރާންކޯރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން ގެނެސްދިން “ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގައުމާ ދެކޮޅުވުމަކީ ހަމައެކަނި ކަނޑިބަނޑި ނަގައިގެން ގައުމާ ދެކޮޅަށް ހަނގުރާމަކުރުން އެކަނި ނޫން ކަމަށެވެ.  ލިޔެވޭ އެއްޗަކުން އަދި ބުނެވޭ ބަހަކުން ނުވަތަ ކުރާ އަމަލަކުންވެސް ގައުމާ ދެކޮޅުވެވިދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހި ގައުމުގެ އިސްލާމްވަންތަކަމާއި އެއްބައިވަންތަކަން ފަދަ ގައުމުގެ އަސްލުތައް ވީރާނާވެ ހަލާކުވެދާނެ ގޮތަށް ކުރެވޭ ކޮންމެ ކަމަކީ ގައުމާ ދެކޮޅަށް ކުރެވޭ ކަމެއް ކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ ދިވެހިންގެ މެދުގައި އެކި ކަންކަމުގައި ދެބަސްވުމާއި ހިޔާލު ތަފާތުވުންތައް ހުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ އެއިން އެއްވެސް ހިޔާލު ތަފާތުވުމެއް އަދި ދެބަސްވުމެއް ގައުމުގެ މަސްލަހަަތުތަކަށްވުރެ އިސްކުރެވިގެންނުވާނެ ކަމެވެ.

HajjCop_ads
Advertisement

“ސިޔާސީ ގޮތުން ހާއްސަކޮށް މިކަހަލަ ކަންކަން ދިމާވަނީ. ސިޔާސީ ބޭނުމެއްގައި އަމިއްލަ އެޖެންޑާއެއް ކުރިއަށްގެންދިއުމުގައި ގައުމާ ދެކޮޅަށް ހަމަ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ. އިގުތިސާދީ ގޮތުންވިޔަސް ގައުމާ ދެކޮޅަށް ވާހަކަދެއްކިދާނެ. މިސާލަަކަށް މީގެ ކުރިން ހުންނާނެ ވަރަށް ގިނައިން ރާއްޖެެއަށް ޓޫރިސްޓުން ނައުމަށް ގޮވާލާފައި، ކިތަންމެ ފަހަަރަކު. އެއީ ގައުމާ އެއްކޮަޅަށް ކުރެވޭ ކަމެއް ނޫން،” ރައީސް ވިދާޅުވިއެވެ.

ގައުމަށް ފައިދާވާނެ ފަދަ އެއްވެސް ކަމަކާ ދެކޮޅަށް ވާހަކަދެއްކުމަކީ ގައުމާ ދެކޮޅުވުންކަމަށް ސިފަކުރައްވައި ރައީސް ވިދާޅުވީ ޓޫރިޒަމް ސިނާއަތާއި މަސްވެރިކަން ހަލާކުވާ ގޮތަށް އަމަލުކުރަން ހިތްވަރުދިނުމަކީ ގައުމާ ދެކޮޅަށް ކުރެވުނު ކަންކަން ކަމަށެވެ. އެގޮތުން ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ރަށެއްގެ މަސްވެރިން ލައްވައި އެމީހުން ބޭނުވި މަސް ރަށެއްގެ އޮފީސް ތެރެއަށް އަޅައިލުމަކީވެސް ގައުމާ ދެކޮޅަށް ކުރެވުނު ކަމެއްކަން ފާހަގަކުރެއްވިއެވެ.

ސިޔާސީ އިސްލާހުކުރުމުގެ ނަމުގައި އެކި ނަންނަމުގައި ވެބްސައިޓުތައް ހަދައިގެން ރާއްޖޭގެ އެއިރުގެ ވެރިންނާއި އެބޭފުޅުންގެ އާއިލާތަކުގެ އަގުވައްޓައިލާ ޒާތީ ގޮތުން އެބޭފުޅުންނަށް ހަމަލާދީ އަގުވައްޓައިލުމަށް ރޭވިގެން އިސްތިރާޖީ ގޮތެއްގައި ކުރެވުނު މަސައްކަތްތަކަކީވެސް ގައުމާ ދެކޮޅަށް ކުރިއަށްގެންދިޔަ މަސައްކަތްތަކެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

“ގައުމާ ދެކޮޅަށް ކުރެވުނު ކަންކަން ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލަން، ސްޓްރެޓެޖިކަލީ ރާވައިގެން ކުރެވުނު އެކި ކަންކަން. އެއިރު އެކި ނަންނަމުގައި ވެބްސައިޓު ހަދައިގެން ލިޔަމުންދިޔަ އެއްޗެހި. އަޅުގަނޑުމެންގެ ވެރިންނަށް ތިބި މީހުންނަށް ގޮވަމުންދިޔަ އެއްޗެހި. އެކި ވަނަންތައް ހަދައިގެން އެމީހުންގެ އަގުވައްޓާލައި، އެމީހުންގެ ދަރިންނާބެހި އަގުވައްޓައިލާ، މުޅި މުޖުތަމައުގައި ވެރިންނަށް ތިބޭ މީހުންނަށް އޮންނަ އިހުތިރާމު ކުޑަކޮށްލައި، މިހެންގޮސް ކުރަމުންދިޔަ ކޮންމެ ކަމަކީ ގައުމާ ދެކޮޅަށް ކުރެވުނު ކަންކަން،” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ބާރުވެރިކަން ހޯދުމަށްޓަކަައި އަދި ވެރިކަމާއި ނުފޫޒުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ފާއިތުވި ތަނުގައި ބައެއް މީހުން ކުރި ކަންކަމުން ސާބިތުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެގޮތަށް ކުރާ އަމަލުތަކަކީ ގައުމާ ދެކޮޅަށްކުރެވޭ މަސައްކަތްތަކެއްކަމަށާއި، އަދި އެފަދަ އަމަލުތަކަކީ ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު އަނބުރާ އެމިނިވަންކަން އިއާދަކޮށްދެއްވުމަށް ދިވެހި އަބުތާލުން ކުރެއްވި ޖިހާދާއި ވެވަަޑައިގަތް ގުރުބާނީއަަށް ހަރާންކޯރުވުން ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

raees muiz

ނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި