ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 09 24 at 15.56.07
STO_Ads
Maldivian_Ads
TTH_Ads
Advertisement

ނ. މަނަދޫގައި އިމާރާތް ކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ގްރައުންޑް ސްލެބް ކާސްޓްކުރުމާއި، ރީއިންފޯސްމަންޓް އަދި ފުރާޅުގެ ޓްރަސް އެސެމްބްލީގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކުޅިވަރާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ފެއްޓެވި މަޝްރޫއެކެވެ. މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުالله ރާފިއުއެވެ.

HajjCop_ads
Advertisement

މި ސެންޓަރުގެ އިތުރުން، އައުޓްޑޯ ޖިމަކާއި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަލްޓި-ސްޕޯޓްސް ކޮމްޕްލެކްސްއާއެކު މަނަދޫގެ ކުޅިވަރު ވަސީލަތްތައް އިތުރަށް ފުރިހަމަވެގެންދާނެއެވެ. މިފަދަ ވަސީލަތްތަކުގެ މަގުސަދަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، އިޖުތިމާއީ ބަދަހިކަން އިތުރުކުރުމެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، މަނަދޫގައި ގާއިމުކުރާ ސެންޓަރަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފިޓްނަސް އެންޑް ރެކްރިއޭޝަން ވަސީލަތްތައް ގާއިމުކުރުމަށް ފެށި ގައުމީ ހަރަކާތުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. މި ޕްރޮގްރާމަކީ ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މިހާރު ފެށިގެން އުޅޭ ބިންގާެއެޅުންތަކަކީ ބޮޑު ކުޅިވަރު މަޝްރޫއެއްގެ ފެށުމެވެ. އައު އިމާރާތްތައް ބިނާކުރުމުގެ އިތުރުން، ފުޓްސަލް ދަނޑުތަކާއި ކުޅިވަރު މައިދާންތަކުގެ ލައިޓިން ސިސްޓަމްތައް ރަނގަޅުކުރުން ހިމެނޭހެން ބައެއް ވަސީލަތްތައް މަރާމާތުކޮށް ތަރައްގީކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

މި ސަރުކާރުން ހަވާލުވިފަހުން، ކުރިން ހުއްޓިފައި ހުރި މަޝްރޫއުތައް އަވަސްކޮށް، ގިނަ އައު މަޝްރޫއުތަކެއް ވަނީ ފަށާފައެވެ. މިނިސްޓަރު ރާފިއު ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި ފަންސާހަށްވުރެ ގިނަ ކުޅިވަރު މަޝްރޫއު ނިންމައި އާންމުންނާ ހަވާލުކުރެވިފައިވާ އިރު، ކުރިއަށް އޮތް އަހަރަކީ މިނިސްޓްރީގެ ތާރީހުގައިވެސް އެންމެ ގިނަ މަޝްރޫއު ނިންމޭނެ އަހަރަށް ވެގެންދާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nimaal

ސައުދީއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ފުޅާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު

Qw

ރަސްމާލޭ މަޝްރޫއަށްވުރެ މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ނަޝީދު

88887

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި

88887

2033 އަންނަންވާއިރަށް އަހަރަކު 5 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް