ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްޖިދުއްސުލްޠާން ޢާދިލް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމަށް ހަވާލުކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

މަސްޖިދުއްސުލްޠާން ޢާދިލް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މިސްކިތް ބިނާ ކުރުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ މާޒިޔާ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.

މަސްޖިދުއްސުލްޠާން ޢާދިލް ހުރި ބިމުގައި ބިނާ ކުރާ އައު މިސްކިތަކީ 390 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކު ބިނާ ކުރާ މިސްކިތެކެވެ. މި މިސްކިތް ބިނާ ކުރަނީ ދެ ފަންގިފިލާއަށް ޓެރަހަކާއެކުގައެވެ. މިސްކިތުގެ ގްރައުންޑް ފްލޯގައި 76 މީހުންނަށް ނަމާދު ކުރެވޭއިރު ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި 157 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

HajjCop_ads
Advertisement

މަޖީދީ މަގު ހީނާމާގެ ޕާކިން ކައިރީގައި ހުންނަ މަސްޖިދުއްސުލްޠާން ޢާދިލް އަކީ ރަމަޟާންމަހާއި ހުކުރު ދުވަހުވެސް ފުރިބާރުވެފައި އޮންނަ މިސްކިތެވެ. މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން މަގުމަތީގައިވެސް ނަމާދުގެ ސަފުތައް ހަދާފައި އޮވެއެވެ.

މާލެ ސިޓީގައި ހުރި ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެކެވެ. އެގޮތުން މާލޭގައި ހުރި ބައު މިސްކިތްތައް ބިނާކުރުމަށް އެކި ފަރާތްތަކުގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މ. މުއިވެޔޮދޮށުގެ/ބޮޑުގެ ބިމުގައި ޒަމާނީ މިސްކިތަކާއި ދަޢުވާ ސެންޓަރުގެ މަސައްކަތް ފަށާފައެވެ. އަދި ޒިކުރާ މިސްކިތް ހުރި ބިމުގައިވެސް އައު މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާއިރު ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލޭގައިވެސް ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

އިސްލާމީ ކަންތައްތަކައި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަޙީމް އަލީ ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ މި ދައުރު ނިމޭއިރު މާލޭގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނެކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު