ބެލީޒްގެެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ހާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ ފްރާންސިސް ފޮންސެކާ އަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެކަމަނާގެ އަމިއްލަ ނަމުގައި، އެމަނިކުފާނާއި ބެލީޒްގެ ސަރުކާރަށާއި އެންމެހާ ރައްޔިތުންނަށް، ގައުމީ ދުވަހުގެ ތަހުނިޔާ އާއި އިހްލާސްތެރި ހެޔޮ އެދުންތައް ފޮނުއްވާއެވެ.
އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި ދިވެހިރާއްޖެ އާއި ބެލީޒް އިން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަވެގެންދާނެކަން ޔަގީން ކުރައްވާ ކަމަށްވެސް ވަޒީރުގެ ވިދާޅުވިއެވެ.











ކިޔުންތެރިންގެ ހިޔާލު