ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣާޒީ ބިލްޑިން ބިމުގައި ހެދި ޕާކިން ޒޯން ހުކުރު ދުވަހު ހުޅުވަނީ

STO_Ads
Maldivian_Ads
TTH_Ads
Advertisement

ޣާޒީ ބިލްޑިން ހުރި ބިމުގައި ތަރައްގީކުރި ޒަމާނީ ޕާކިން ޒޯނާއި ޕާކު އޭރިއާގެ މަސައްކަތް އެއްކޮށް ނިންމައި، މި ހަފުތާގެ ހުކުރު ދުވަހު އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޣާޒީ ބިލްޑިންގއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ހިންގި އެންމެ ދުވަސްވީ އެއް އިމާރާތެވެ. ނަމަވެސް، އެ އިމާރާތް ބާވެ ބޭނުންނުކުރެވޭ ހާލަތަށް ދިއުމުން 2023 ވަނަ އަހަރު ވަނީ ތަޅާލާފައެވެ. އެއަށްފަހު ވަގުތީ ގޮތުން ޕާކު ކުރުމަށް ބޭނުންކުރަމުން ދިޔަ އެ ބިމުގައި، ތަރުތީބުވެފައިވާ ޕާކިން ޒޯނަކާއި އިށީނދެލައިގެން ތިބެވޭނެ ފަދަ ހިތްފަސޭހަ ޕާކު އޭރިއާއެއް ތަރައްގީކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔައީ ބިނާރާބެހޭ ވުޒާރާގެ ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުންނެވެ.

ބިނާރާ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި، މި ސަރަހައްދުގައި 370 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގަ ވަނީ ތަނަވަސްކޮށްފައެވެ. އަދި އާންމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ކުޑަ ޕާކު އޭރިއާއެއް ހިމެނޭއިރު، އެ ބިމުން ބައެއް ވަނީ ފުލުހުންނާއި ސިފައިންގެ އުޅަނދުތައް ޕާކުކުރުމަށްވެސް ހާއްސަކޮށްފައި ކަމަށް ބިނާރާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

HajjCop_ads
Advertisement

އެ ވުޒާރާއިން އިތުރަށް ބުނީ، މިހާރު ކުރިއަށްދަނީ ޕާކިން ސްލޮޓްތައް ކުރެހުމާއި އެންމެ ފަހުގެ ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކަމަށެވެ. އެ ސަރަހައްދަކީ ސަރުކާރުގެ މުހިންމު ގިނަ އޮފީސްތަކަކާއި، ރަށްރަށަށް ދަތުރުކުރާ އެތައް ބަޔަކު ބޭނުންކުރާ ޖެޓީތައް ހިމެނޭ ސަރަހައްދަކަށް ވާތީ، މިއީ ޕާކިންއަށް އިންތިހާއަށް ބޭނުންޖެހިފައިވާ ތަނެކެވެ.

މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތައް އިންތިހާއަށް އިތުރުވެ، ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ގިނަ ޕްލޭންތަކެއް ތަންފީޒުކުރަމުންނެވެ. އެގޮތުން ގްރޭޓާރ މާލެ ސަރަހައްދުގައި ހަތް ޕާކިން ބިލްޑިންގެއް އެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މީގެ ތެރެއިން މާލޭގައި އެޅުމަށް ހަމަޖެހިފައިވަނީ ސޯސަންމަގުގައި ހުރި ޕާކިން ޒޯނާއި ހީނާމާގޭ ޕާކިން ޒޯން ބިމުގައި ހަދާ އިމާރާތެވެ.

މި ޕާކިން ބިލްޑިންގތައް ނިމުމުން، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1،000 އަށްވުރެ ގިނަ ޕާކިން ޖާގަ ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު