ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެތުލެޓިކޯ އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ

Cb810874 6818 4e68 b87f c5f317e6a448
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސްޕެނިޝް ލަލީގާގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ އެތްލެޓިކޯ މެޑްރިޑުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވި ނަމަވެސް މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވެގެން ގޮސްފައިވަނީ މެޗުގެ 52 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޑީން ހުއިސަންއަށް ދެއްކި ރަތް ކާޑުންނެވެ. އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ އޭރިޔާ ތެރެއިން އެތްލެޓިކޯ މެޑްރިޑްގެ ޖިއުލިއާނޯ ސިމިއޯނީގެ ޖާޒީގައި ހިފާ އޭނާ ވައްޓާލުމުގެ ސަބަބުން ވީޑިއޯ އެސިސްޓެންޓް ރެފްރީ އެކަން ރިވިއު ކުރުމަށްފަހުގައެވެ.

HajjCop_ads
Advertisement

އެތްލެޓިކޯ މެޑްރިޑްއިން ލީޑު ނަގާފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީން މެޗުގެ 53 ވަނަ މިނިޓުގައި އަލެހަންދްރޯ ގްރިމަލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 59 ވަނަ މިނިޓުގައި ސިމިއޯނީ އަރިމަތިން ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖޮނަތަން ޑޭވިޑްއެވެ.

ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެންޓޯނިއޯ ރުޑިގާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އެތްލެޓިކޯ މެޑްރިޑްގެ ޑިފެންޑަރ ކްރިސްޓިއަން ރޮމޭރޯ ޖޫޑް ބެލިންހަމްއަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ރެފްރީ ރަތް ކާޑު ދެއްކި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ ރިވިއު ކުރުމަށްފަހު އެނިންމުން ބަދަލުކޮށްފައެވެ.

މި މެޗުން އެތްލެޓިކޯ މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ލިފައިވާ 16 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފައެވެ. ރެއާލް މެޑްރިޑަށް ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމު ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް ވަނީ 21 ޕޮއިންޓް ލިބިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Reuters 6ace8882

އެތުލެޓިކޯ އަތުން ބަލިވެ، ޔުނައިޓެޑަށް މާޔޫސްކަން

Images (1)

ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ވިނީޝިއަސް ޖޫނިއަރއަށް ރަތް ކާޑު

Images

ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ މޮޅުވެ ފަރަޤު ދަމަހައްޓައިފި

Images (20)

ޔުއެފާއިން ބާސެލޯނާގެ ތަށިތައް އަތުލަން ރެއާލުން ހުށައަޅައިފި