ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ކުރީގެ މުދައްރިސް އަފީފް ނިޔާވެއްޖެ

WhatsApp Image 2026 09 16 at 09.17.38
Maldivian_Ads
STO_Ads
TTH_Ads
Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކުރީގެ މުދައްރިސް ޅ. ކުރެންދޫ މާޖެހިގެ މުހައްމަދު އަފީފް، ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ނުވަޔެއްގެ ކައިރީގައި، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ ހާދިސާ ހިނގި ވަގުތު އޭނާ ދަތުރުކުރައްވަމުން ގެންދެވީ ޚާއްސަ އެހީއަށް ބޭނުންވާ އޭނާގެ ދަރިފުޅު ވަޒީފާ އަދާކުރާ މަސްޖިދު އަމީލް ޖަލީލަށް ގޮވައިގެންނެވެ.

އުމުރުން 62 އަހަރުގެ އަފީފް ނިޔާވުމާ ގުޅިގެން، އޭނާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރު ނަމާދަށްފަހު ހުޅުމާލޭ މަސްޖިދު ސައިދު ބިން ސާބިތުގައެވެ.

HajjCop_ads
Advertisement

މުހައްމަދު އަފީފަކީ ތައުލީމީ ދާއިރާގައި ތިރީސް ދެ އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ޒުވާން އުމުރުގައި އަމަލީ މައިދާނަށް ނުކުމެވަޑައިގެން، ދިވެހިބަހާއި ދީނިއްޔާތު އަދި ތިމާވެށީގެ އިލްމުގެ މުދައްރިސެއްގެ ގޮތުގައި ޕްރައިމަރީ އަދި ސެކަންޑްރީ ފެންވަރުގައި މާލެއާއި އަތޮޅުތެރޭގެ އެކި ސުކޫލުތަކުގައި ޚިދުމަތް ކުރައްވާފައެވެ.

އޭނާގެ ޚިދުމަތުގެ ދައުރުގައި ޖަމާލުއްދީން ސުކޫލާއި، އަޙްމަދިއްޔާ ސުކޫލާއި، އަމީނިއްޔާ ސުކޫލުގެ އިތުރުން ޅ. އަތޮޅު މަދަރުސާ އާއި، ފަރީދިއްޔާ ސުކޫލު އަދި ޣާޒީ ސުކޫލުގައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާފައިވެއެވެ. އަދި ދިވެހި ސަގާފަތާއި އަދަބީ ފަންނުތަކުގައި ދަރިވަރުން ތަމްރީނުކޮށް، އެކަންކަން ސުކޫލުތަކުގައި ދިރުވައި އާލާކުރެއްވުމަށް އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale hospital

ސިނަމާލެ ބުރިޖުގައި ސައިކަލެއް ކަހާލައިގެން ހިނގި އެކްސިޑެންޓެއްގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

WhatsApp Image 2026 03 07 at 00.18.07

ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކަށް ފަރުވާދެނީ

778

އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

Izaam

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނެއްގެ ލޮލުގެ ފެނުން ގެއްލިއްޖެ، އާއިލާއިން އެދެނީ ދީލަތި އެހީއަށް!