ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ކޮންގްރެސް ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި

DSC
STO_Ads
TTH_Ads
Maldivian_Ads
Advertisement

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ޖަލްސާގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ޖަލްސާއަކީ ޕީއެންސީގެ އެތެރޭގެ މުހިންމު ނިންމުންތައް ނިންމުމަށާއި ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ބާއްވާ ހާއްސަ ކޮންގްރެސްއެކެވެ. ސަރުކާރު ހިންގާ ޕާޓީގެ މަތީ މަޖިލީހުގެ މާލަމުން އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އިސް ލީޑަރަކު ފެނިގެންދިއުމަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި ފެށި މި ކޮންގްރެސް ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަޑައިގެންނެވުމުން ކުރީގެ ރައީސް ނަޝީދު ވަނީ ކުރީ ސަފުން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ. މި ޖަލްސާގެ ކުރީ ސަފުގައި ރައީސް މުއިއްޒުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތިއްބެވިއެވެ.

HajjCop_ads
Advertisement

މީގެއިތުރުން ސަރުކާރުގެ ވަޒީރުންނާއި ޕީއެންސީގެ އިސް ބޭފުޅުން ވެސް މި ޖަލްސާގެ ކުރީ ސަފުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް ޖަލްސާތަކަށް އެހެން ޕާޓީތަކަށް ދައުވަތު ދިނުމަކީ ރާއްޖޭގެ ސިޔާސީ އާދަކާދައިގެ ތެރޭގައި ކުރެވޭ ކަމެކެވެ.

މީގެކުރިން ޖުމްހޫރީ ޕާޓީން ބޭއްވި ކޮންގްރެސް ޖަލްސާއެއްގައި ވެސް ރައީސް ނަޝީދާއެކު އެމްޑީޕީގެ މެންބަރުންނާއި ޕީއެންސީގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ދަ ޑިމޮކްރެޓްސްގެ ކޮންގްރެސްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާއި ޖުމްހޫރީ ޕާޓީން ބައިވެރިވެފައިވެއެވެ.

މިއަދު ފެށި ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވުމަށް ރާއްޖޭގެ ކައުންސިލްތަކުގައި ތިއްބެވި ޕީއެންސީގެ ރައީސުންނާއި މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ވަނީ މާލެ އައިސްފައެވެ. ކުރިއަށް އޮތް ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި ޕާޓީގެ ނައިބު ރައީސް އައްޔަންކުރުމުގެ ކަންކަން ކުރިއަށްދާނެއެވެ.

މި ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހާއެކު ޕާޓީގައި ދީނީ އިލްމުވެރިންގެ މަޖިލީހަކާއި އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އިތުރުން އިސްރަށްވެހިންގެ ހަރަކާތެއް މުޅިން އާ ގޮތެއްގައި ހިމެނުމަށް ވަނީ ފާސްކޮށްފައެވެ. ކުރީގެ ރައީސް ނަޝީދު މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއިރު އެމަނިކުފާނު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gqhakxkx0aahccr

އިޤްތިޞާދު ސިންދަފާތުކުރުމުގައި ދަނޑުވެރިން އަދާކުރާ ދައުރު ވަރަށް މުހިންމު: ރައީސް

Gqhakxkx0aahccr

ރާއްޖޭގެ 1،000 މީހުންގެ އާބާދީ ހަމަވާ ކޮންމެ ރަށެއްގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ރައީސް ނިންމަވައިފި

“ސަރުކާރުގެ ޚިދުމާތު މަރުކަޒު” ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި

Nimaal

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި