ސިނަމާލެ ބުރިޖުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ހިނގި މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 19:20 އެހައިކަންހާއިރު އެވެ.
މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، އެ ވަގުތު އެ މަގުން ދުއްވާފައި ދިޔަ އިތުރު ސައިކަލަކާއި ކާރެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާއަށެވެ. މީގެ ތެރެއިން އުމުރުން ވިހި އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓާ ގުޅޭ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރޭގެ ވަގުތެއްގައި ބްރިޖުގައި އިތުރު އެކްސިޑެންޓެއްވެސް ވަނީ ހިނގާފައެވެ. ފަހަކަށް އައިސް މާލެއާއި ހުޅުމާލެ އަދި ބްރިޖު ހިމެނޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު