ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމުގައި ޒުވާން ޚަޠީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

472257 9898eaed d
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓައި، މުސްތަޤުބަލުގައި ޤައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ޚަޠީބުން ޢަމަލީ ގޮތުން ނަމޫނާ ދައްކައި، ދުލުން ދޭ ނަސޭހަތާއި ޢަމަލީ ސުލޫކު އެއްގޮތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ “ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ” ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭ އޮތް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން، މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު ވަރަށް އާ ބާރެެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ޤައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ޒުވާނުންގެ ދައުރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިސްލާމީ ތާރީޚާއި ދިވެހި ތާރީޚަށް ބެލި ކަމުގައި ވިޔަސް ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން ކަމަށެވެ. މި މޭރުމުން އެމަނިކުފާނު ވަނީ، އިސްލާމީ ތާރީޚު ދުށް ޒުވާން ޝަޚްސުންގެ ހަނދާނާއި ޛިކުރާ އާކުރައްވާފައެވެ. ހަމައެއާއެކު، ދިވެހި ތާރީޚުގައިވެސް ރާއްޖޭގެ ޢިލްމުވެރީން، ދީނީ ޢިލްމު ހޯއްދެވުމަށްޓަކައި ތުއްޕުޅު އުމުރުގައި ގާތްތިމާގެ މީހުންނާއި ޤައުމު ދޫކުރައްވައި ކުރެއްވި ބުރަ ދަތުރުތަކާއި ވެވަޑައިގެންނެވި ޤުރްބާނީތައް، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޢިލްމަކީ ޙިކްމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ދީނުގެ އަސާސަކީ މަޞްލަޙަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިސްލާމްދީން އައިސްފައިވަނީ އިންސާނީ ކަރާމާތް ނަގަހައްޓައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، ސުލްޙަވެރިކަމާއި އަމާންކަން ދަމަހައްޓަން ކަމަށްވާތީ، ޒުވާން ޚަޠީބުން ތިމާގެ ދުލާއި ގަލަން ހިންގުމުގައި ޙިކްމަތްތެރިކަން އިސްކުރުމަށްވެސް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ފެންނަ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ޢިލްމުވެރީންނާއި، ވިސްނުންތެރީންނާއި، ޙިކްމަތްތެރީންގެ އިތުރުން ކުޅަދާނަ ބަސްމޮށުންތެރީންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއަކީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވި ޚާއްސަ މަހާސިންތާއެކެވެ.

ދީނާ ޤައުމިއްޔަތު ދިރުވައި ނަގަހައްޓަން ޒުވާނުންގެ ދައުރު ފުޅާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަކަށްވާއިރު، ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ކާމިޔާބު ޕްރޮގްރާމްތަކެއް ސަރުކާރުން ވަނީ ކުރިއަށްގެންދަވާފައެވެ. ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ 5 ބުރެއް ހިންގައި، މި ޕްރޮގްރާމުގެދަށުން 700 އަށްވުރެ ގިނަ ޒުވާނުން ބިނާކުރެވިފައިވާއިރު، މީގެސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި ހުކުރުދުވަހު ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައިހުރި ދަތިތަކަށް ވަނީ ނިމުމެއް ގެނެވިފައެވެ. އަދި ކީރިތި ޤުރްއާނުގެ ޢިލްމާއި ހުނަރު ލިބިފައިވާ، އަދި ދީނަށް ލޯބިކުރާ، ޝަރުޢީ ދާއިރާއިންނާއި ޢިލްމީ އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް ހެޔޮގޮތުގައި މުސްތަޤުބަލް ބިނާކުރުމަށް ކޮށައިދެވުނު މަގެއްކަމުގައިވެސް މި ޕްރޮގްރާމު ވަނީ ވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް