އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްގެންދިޔަ ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި، ސްޕޯޓްސް މެޑިސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއެމްއޭއެމް) އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ގުޅިގެން މި ކޯސް ކުރިއަށްދިޔައީ މި މަހުގެ 9 އިން 11 ގެ ނިޔަލަށެވެ.
ޖުމްލަ 26 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވާއިރު، ބައިވެރިންނަށް ވަނީ ކުޅިވަރުގެ ފަސްޓް އެއިޑް، އަނިޔާތައް ދެނެގަތުން، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް އަދި ސްޕޯޓްސް ޓޭޕިންއާ ގުޅޭ ތަމްރީނުތައް ކްލާސްރޫމް ސެޝަންތަކާއި އަމަލީ ސެޝަންތަކުގެ އެހީގައި ފޯރުކޮށްދީފައެވެ.

ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ކޯހުގައި މައުލޫމާތު ފޯރުކޮށްދެއްވީ ސްޕޯޓްސް ފިޒިޝަން ޑރ. އަޙްމަދު ޝަކީބު އަދި އެސްއެމްއޭއެމްގެ އިކުރާމް ހަމީދެވެ. މި ބޭފުޅުން ވަނީ ކުޅިވަރުގެ ބޭސްފަރުވާގެ ދާއިރާއިން ބައިވެރިންގެ މައުލޫމާތާއި އަމަލީ ހުނަރު އިތުރުކުރުމަށް އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު