ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

471947 631ab307 e
STO_Ads
TTH_Ads
Maldivian_Ads
Advertisement

ސަރުކާރުން އަލަށް އުފެއްދެވި ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ރާއްޖޭގެ ދީނީ ކަންކަމަށް އައު ރޫޙަކާއި ދިރުމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމް ދީނުގެ ހިދާޔަތް ލިބިގަތްތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ވަޤުފަކީ އިސްލާމީ ފިޤުހުގައި ނުހަނު މަތިވެރި މަޤާމެއް ދެވިފައިވާ ކަމެއް ކަމަށާއި މިއީ އިންސާނިއްޔަތަށް ފައިދާހުރި އެތައް ކަމެއް އެކުލެވޭ ނިއުމަތެއް ކަމަށެވެ. މީގެއިތުރުން ވަޤުފުގެ ނިޒާމަކީ އިޤްތިޞާދަށް ވަރުގަދަ ބާރެއް ލިއްބައިދީ މުޖުތަމަޢުގެ ފަރުދުންނަށް އޭގެ ހެޔޮ މަންފާ ފޯރުކޮށްދިނުމުގެ އެންމެ ވަރުގަދަ ތަނބު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އިސްލާމީ ތާރީޚުގެ އަލީގައި މި ނިޒާމުގެ މުހިންމުކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ތާރީޚުގައިވެސް އެކި ރޮނގުތަކުން ގާބިލު މީހުން ބިނާކުރުމަށާއި މުޖުތަމަޢުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ވަޤުފުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ފިކުރީ އުފެއްދުންތެރިކަމާއި މިސްކިތްތަކާއި ލައިބްރަރީތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގައި ވަޤުފުގެ ދައުރު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިސްލާމީ ވެށި ހަރުދަނާކުރުމަށްޓަކައި ދީނީ ކަންކަމަށް ކުރެވޭ ޚަރަދުތައް އިތުރުކުރަން ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ޒަމާނާ އެއްގޮތަށް މިސްކިތްތައް ބިނާކުރުމާއި ޝަރުޢީ ހަމަތަކުގެ މަތިން ހިންގޭ ވިޔަފާރީގެ ދާއިރާތައް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ ޚާއްޞަ ތަސައްވުރެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަލަށް އުފެއްދެވި “މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް” އަކީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން އާމްދަނީ ލިބޭނެ ފަދަ ވަޤުފު އިމާރާތްތަކާއި ވިޔަފާރި މަޝްރޫއުތައް ތަރައްގީކޮށް ހިންގުމެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް

Sii

ޕިމްސް ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރަށް ތަޢުޒިޔާ ފޮނުއްވައިފި