ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން، އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި އެވެ.

މިއަދު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. އަދި އެ ކުންފުނީގެ ފަރާތުން ބައިވެރިވެލެއްވީ، ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީ އެވެ.

މި ބައްދަލުކުރެއްވުމުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ދެެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިސްކިތުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެެއްވާފަ އެވެ.

HajjCop_ads
Advertisement

އައްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީ ހިމެނޭހެން ކުންފުނީގެ ވަފުދެއް ބުދަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާފައިވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހާއި ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށެވެ.

މި މިސްކިތަކީ ގިނަ ވަސީލަތްތަކަކާއެކު ބިނާ ކުރެވޭ މިސްކިތެކެވެ. އެގޮތުން ނަމާދުކުރާ ބައިގެ އިތުރުން އިސްލާމީ ޙަޟާރާތާއި ބެހޭ މަރުކަޒާއި، ޤުރުއާން މިއުޒިއަމްއާއި މަލްޓިޕާޕޯސް ހޯލަކާއި އިމާމު އަދި އިދާރީ އޮފީހާއި، ލައިބްރަރީ އަދި އެގްޒިބިޝަން ހޯލެއް ހިމެނޭނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Eee538fc 6d2a 481c 91b4 8fbebff3935a

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް

kudakudhin

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން، ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޑރ. ނަހްލާގެ ހާއްސަ ސެޝަންތަކެއް އައިޔޫއެމްއިން ބާއްވަނީ