ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްނޯކްލިންގެ ދުނިޔޭގެ ރެކޯޑު ބީއެމްއެލްއަށް

WhatsApp Image 2026 09 07 at 13.52.50
Maldivian_Ads
TTH_Ads
STO_Ads
Advertisement

ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި، އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގ ހެދުމުގެ ދުނިޔޭގެ ރެކޯޑް ބީއެމްއެލުން ކާމިޔާބުކަމާއެކު ގާއިމްކޮށްފިއެވެ.

ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޚާއްސަ ހަރަކާތުގައި ޖުމްލަ 314 މީހުން ވަނީ އެއްވަގުތެއްގައި ސްނޯކްލިންގްކޮށް، ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ. މި ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުންގެ އިތުރުން ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި، މުވައްޒަފުން ބައިވެރިވިއެވެ. އަދި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިން ވެސް އަމަލީގޮތުން މިހަރަކާތުގައި ބައިވެރިވިކަމަށް ބީއެމްއެލްއިން ބުންޏެވެ. މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައި، ކަނޑައެޅިފައިވާ މިންގަނޑުތައް ފުރިހަމަވުމާ ގުޅިގެން ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. މި ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ މޯޓެން ޖޫނިއަރއެވެ.

ބީއެމްއެލްގެ އަމާޒަކީ، ރާއްޖޭގެ ދިރިއުޅުމާއި އިޤުތިސާދު ސީދާގޮތުން ބަރޯސާވެފައިވާ ކަނޑުގެ މުއްސަނދި ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން މުޖުތަމައަށް ހާމަކޮށްދިނުމެވެ. މީގެއިތުރުން މިފަދަ ޤައުމީ އަދި ތިމާވެށީގެ މުހިންމު މަސައްކަތްތަކުގައި ވަކިވަކި ފަރުދުންނާއި މުޅި މުޖުތަމައު އަމަލީގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުމަކީވެސް މި ހަރަކާތުގެ މައިގަނޑު އެއް މަޤުސަދު ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

ބީއެމްއެލްއިން ބުނި ގޮތުގައި މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އީއެންވީ ޕީއޯއެސް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމެކެވެ. މިއީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވާލާފައިވާ ޚާއްސަ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން ބީއެމްއެލްއިން އަންނަނީ، “ޕާލޭ މޯލްޑިވްސް” އަދި “މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް” (މޯޕާ) ފަދަ ޖަމްއިއްޔާތަކާ ގުޅިގެން ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި އެއްކޮށް ރީސައިކަލް ކުރުމަށް ބޭރު ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ނާޒުކު ވެށްޓާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ޝަރަފުވެރި ދުނިޔޭގެ ރެކޯޑުން ރަމްޒުކޮށްދެނީ، ދެމެހެއްޓެނިވި ތަރައްޤީއަށާއި މުޖުތަމައުގެ ލާބައަށް ޤައުމީ ބޭންކުން ދޭ ޚާއްސަ އަހުމިއްޔަތުކަމެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އެންމެންގެ ބައިވެރިވުމާއި ފަރުދީ ޒިންމާ އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު އަދި ތާރީޚީ ފިޔަވަޅެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Download 2026 09 18T221258.748

ރައީސް މުއިއްޒަށް ދެވަނަ ދައުރެއްގެ ރިޔާސީ ޓިކެޓު އަރުވައިފި

Download 2026 09 18T215705.130

ޕީއެންސީގެ އައު ވެބްސައިޓް އިފްތިތާޙުކޮށްދެއްވައިފި

Hiyaa

ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ހައްޔަރުކޮށްފި

Original

ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު އިތުރު 10 ބޭފުޅަކު އައްޔަނުކުރައްވައިފި