ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހުވަގުތު ލަނޑުޖަގައި އެވަޓަންއިން ޔުނިޓެޑު ހުއްޓުވައިފި

2293813389
STO_Ads
TTH_Ads
Maldivian_Ads
Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއިން ފަހު ވަގުތު ލަނޑު ޖަހައި 2-2 އިން މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުކޮށްފިއެވެ.

އެވަޓަންގެ ހިލް ޑިކިންސަން ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައިވަނީ މެޗުގެ ފަހު މިނިޓުގައި އެވަޓަންގެ މެއިޓްލޭންޑް ނައިލްސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. މެންޗެސްޓަރ ޔުނައިޓެޑުން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ބްރަޔަން އެމްބެއުމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެވަޓަންއިން މި މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް އެއްވަރުކޮށްފައިވަނީ މެޗުގެ 83 ވަނަ މިނިޓުގައި ތައިރިގް ޖޯޖް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

HajjCop_ads
Advertisement

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އަރިމަތިން ލީކް ޝޯ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެންޖަމިން ސެސްކޯ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ދެވަނަ ފަހަރަށް ކުރި ހޯދަދީފައެވެ. އެވަޓަން އިން މި މެޗުގައި ޕޮއިންޓެއް ހޯދާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ފަހު މިނިޓުގައި މެއިޓްލޭންޑް ނައިލްސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިމެޗުން އެއްވަރުވެ، ޔުނައިޓެޑަށް ލީގުގެ ފުރަތަމަ ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

އެވަޓަންވެސް މި ސީޒަނުގައި މެޗަކުން އަދި ބަލިވެފައިނުވެއެވެ. ލީގުގައި ދެ މެޗުން އެއްވަރުވެ، އެއް މެޗުން އެވަޓަން ވަނީ މޮޅުވެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Reuters 6ace8882

އެތުލެޓިކޯ އަތުން ބަލިވެ، ޔުނައިޓެޑަށް މާޔޫސްކަން

Download (1)

ކޮވެންޓްރީ ސިޓީން ނިއުކާސްލް ބަލިކޮށްފި

Getty 6988d54ace

ސިޓީން ލިވަފޫލް 3-0 އިން ބަލިކޮށްފި

Chelsea celebrate Jordan Henderson s second goal against Bournemouth

ބޯންމަތު އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް