އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީގެ ފަރާތުން ރ. ދުވާފަރާއި ހދ. ކުޅުދުއްފުށީގައި ހުންނަ އެ ކުންފުނީގެ ފެސިލިޓީތައް ސްކޫލް ދަރިވަރުންނަށް ދައްކާލައިފިއެވެ.
މި ޒިޔާރަތްތަކުގައި ދަރިވަރުންނަށް ވަނީ އެ ކުންފުނީގެ އޮޕަރޭޝަންތަކާއި، ފެސިލިޓީތަކުގެ އިތުރުން މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭ އަމަލީ މަޢުލޫމާތުތައް ފޯރުކޮށްދީފައެވެ. މިއީ ދަރިވަރުންނަށް ކުންފުނީގެ މަސައްކަތްތައް ގާތުން ބަލައިލުމަށް ލިބުނު ފުރުޞަތެކެވެ.
މުޖުތަމަޢުތައް ބިނާކޮށް ދެމެހެއްޓުމުގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރު ދެނެގަތުމަށް މި ހަރަކާތުގެ ސަބަބުން ދަރިވަރުންނަށް މަގުފަހިވެގެންދިޔަ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރާ ގޮތް ވަރަށް ގާތުން ދަރިވަރުންނަށް ވަނީ ދައްކާލާފައެވެ.

ޤައުމުގެ ކުރިމަގުގެ ޖީލުތަކަށް މަރުޙަބާ ކިޔައި، އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިކަން އުފެއްދުމަށް މިފަދަ ފުރުޞަތެއް ފަހިކޮށްދެވުނީތީ ފަޚުރުވެރިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މީގެ މައިގަނޑު ބޭނުމަކީ ސްކޫލް ދަރިވަރުންނަށް އައު ކަންތައްތަކެއް ދަސްކޮށްދީ، މި ދާއިރާއަށް ކުދިންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެއްދުމެވެ.










ކިޔުންތެރިންގެ ހިޔާލު