ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްޑީސީ ފްލެޓުތައް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް ބަލަނީ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓުތަކާ ގުޅިގެން ހުއްދަނެތި ފްލެޓް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް ބަލަމުން އަންނަކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ދޫކުރާ ފްލެޓުތައް އިތުރު ފަރާތްތަކަށް ކުއްޔަށް ދިނުމަކީ ގަވާއިދާ ހިލާފުކަމެކެވެ. އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެފްޑީސީން ކުރިންވެސް ދީފައިވެއެވެ. އެގޮތުން، ހުއްދަނެތި ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއްގެ ތެރެއިން މައްސަލަ ނިމި އެއް ފަރާތެއް މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ދެ ފަރާތަކަށް ނޯޓިސް ފޮނުވާފައިވާއިރު، ބާކީ އަށް މައްސަލައިގެ ތަހުގީގު ކުރަމުން އަންނަކަމަށް އެފްޑީސީން މައުލޫތުދީފައިވެއެވެ.

އެފްޑީސީން ބަލަހައްޓަމުން ގެންދާ 4000 ހައުސިންގ ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކުގެ ތަފާސްހިސާބު އެ ކޯޕަރޭޝަނުން އެމްއެމްޓީވީ އަށް ހިއްސާކުރަމުން ބުނީ، ޖުމްލަ 44 މައްސަލައެއް މިހާރު ބަލަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި އުސޫލުތަކާ ހިލާފަށް ހުއްދަނެތި އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ މައްސަލަތަކާއި، ކުނި އެޅުމުގެ މައްސަލަތަކުގެ އިތުރުން އިމާރާތަށް ބަދަލު ގެނައުމުގެ މައްސަލަތައް ވެސް ހިމެނޭކަމަށް ބުންޏެވެ.

HajjCop_ads
Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފްލެޓުތަކާ ގުޅިގެން ހުށަހެޅިފައިވާ އެކި މައްސަލަތަކުގައި މިހާތަނަށް ހަތަރު ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށްވެސް އެފްޑީސީން ބުނެފައިވެއެވެ.

އެފްޑިސީން އިތުރަށް ބުނީ، އެ ސަރަހައްދުގައި އެންމެ ބޮޑުވެފައިވާ ކުނި އެޅުމުގެ މައްސަލައިގައި ގަވާއިދާ ހިލާފުވި ތިން މައްސަލައެއް ބަލަމުން އަންނައިރު، އޭގެ ތެރެއިން އެއް ފަރާތް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އިމާރާތުގެ ސްޓްރަކްޗަރ އަށާއި އިންޓީރިއާއަށް ހުއްދަނެތި ބަދަލު ގެނައުމުގެ 27 މައްސަލައެއް ބަލަމުންދާއިރު، އޭގެ ތެރެއިން އެއް ފަރާތް ޖޫރިމަނާކޮށް، އަނެއް ފަރާތަށް ނޯޓިސް ދީފައިވާކަމަށެވެ. މީގެއިތުރުން 25 މައްސަލަ އަދިވެސް ބަލަމުން އަންނަ ކަމަށްވެސް އެފްޑީސީން ބުންޏެވެ. ހަމައެއާއެކު، އެންގުންތަކަށް އަމަލުނުކުރުމުގެ ދެ މައްސަލައަކާއި، އަޑުގަދަވުމުގެ މައްސަލައެއް ވެސް ބަލަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.

އެފްޑީސީގެ “އަމާން އުދަރެސް” އަދި “އަމާން ދޯދި” ޓަވަރުތަކުގެ ކުލި ދެއްކުމުގެ ތަފާސްހިސާބަށް ބަލާއިރު، 3405 ޔުނިޓުން މަހުން މަހަށް ގަވާއިދުން ކުލި ދައްކަމުންދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދީ ފައިވެއެވެ. ނަމަވެސް، ދައްކަންޖެހޭ ކުލި ނުދައްކާ 509 ޔުނިޓެއް ހުރިކަން ވެސް ފާހަގަކުރިއެެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

fdc

އެފްޑީސީ ފްލެޓު ކުއްޔަށް ދިނުމުގެ 16 މައްސަލައެއް ބަލަންފަށައިފި

hulhumale fdc flats

ބެލްކަނިތައް ރަނގަޅުކުރަން އެފްޑީސީން އެއް މަސް ދުވަސް ދީފި

HRTL3dfaQAAsce0

އެފްޑީސީ ފްލެޓުތަކުގައި ރައްކާތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ފަށައިފި

78c09bfe 4963 47f0 9d73 70c78190a53a

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމަށް ފައިހަތު