އެމްޓީސީސީއަށް ބައިނަލްއަޤްވާމީ ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓުން ޖަމްޢިއްޔާ، އޭސީސީއޭ ދެ ސެޓިފެކޭޝަނެއް ލިބިއްޖެއެވެ. މިއީ އެޖަމްޢިއްޔާގެ އެޕްރޫވްޑް އެމްޕްލޯޔަރސް ޕްރޮގްރާމުގެ ދަށުން އެކުންފުނިން ހާސިލްކޮށްފައިވާ ދެ ސެޓިފިކޭޝަނެކެވެ.

އެމްޓީސީސީން ވިދާޅުވީ، މިއީ އޭސީސީއޭގެ އެޕްރޫވްޑް އެމްޕްލޯޔަރސް ޕްރޮގްރާމުގެ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް އެކުންފުނިން ފެތޭކަން ކަށަވަރުކުރުމަށް ފަހު އެރުވުނު ސެޓިފިކޭޝަންތަކެއް ކަމަށެވެ. އަދި މިއީ އެ ޖަމްޢިއްޔާއިން ކުންފުނި މިންގަނޑުތަކަށް ފެތޭތޯ ގާތުން ބެލުމަށް ދިން ސެޓިފިކޭޝަނެއްކަންވެސް އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން ހާސިލްކުރި ސެޓިފިކޭޝަންތައް:
* އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ – ޓްރެއިނީ ޑިވެލޮޕްމަންޓް (ޕްލެޓިނަމް)
* އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ – ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް

އިޝްތިހާރު އިޝްތިހާރު

މީގެ ތެރެއިން ޓްރެއިނީ ޑިވެލޮޕްމެންޓް ސެޓިފިކެޓަކީ، އޭސީސީއޭގެ ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ ކުންފުނީގެ ޓްރެއިނީންނަށް ކުންފުނިން ދޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށްދޭ ޕްލެޓިނަމް ފެންވަރުގެ ސެޓިފިކޭޝަނެކެވެ. އަދި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޓިފިކޭޝަނަކީ، އޭސީސީއޭ ފުރިހަމަކޮށްފައިވާ މެންބަރުންގެ ޕްރޮފެޝަނަލް ތަރައްޤީއަށް މެދުކެނޑުމެއްނެތި ފުރުޞަތުތައް ފަހިކޮށްދިނުމުގައި އެމްޓީސީސީން ދެމިތިބިކަން ފާހަގަކޮށްދޭ ސެޓިފިކޭޝަނެކެވެ.

We are incredibly proud to announce that MTCC has officially been recognized as an ACCA Approved Employer! 🏆✨

We have successfully secured two prestigious accreditations: Trainee Development (Platinum) and Professional Development. This milestone is a testament to our …

މިއީ އެމްޓީސީސީގެ އެކައުންޓިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން ތަރައްޤީކުރުމަށާއި، އެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުންފުނިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމުގައި އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓީސީސީގެ އަމާޒަކީ ކުރިމަގުގައިވެސް ކުންފުނީގެ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް ވާސިލުވުމަށް މުވައްޒަފުންނަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ދެމިއޮތުން ކަމަށް އެކުފުނިން ފާހަގަކުރެއެވެ.