ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ “ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026″ ގައި ބައިވެރިވުމުގެ ފުރުސަތު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ ދައުވަތުގެ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާތަކަށް ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތަައްތަކާއި ބެހޭ ވުޒާރާއިން ބުނީ، މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 26، 2026 ވާ ހޮނިހިރު ދުވަހު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

“21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މަހާސިންތާގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގެ ދީނީ އަދި އިޖުތިމާޢީ ދާއިރާގައި ދީނީ ދައުވަތު ފެތުރުމުގެ މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށް އިސްލާމީ ކަންތައްތަކާއި ބޭހޭ ވުޒާރާއިން ބުނެފައިވެއެވެ. މީގެއިތުރުން، ޒަމާނާ އެއްގޮތަށް ދައުވަތުގެ މައިދާން ފުޅާކުރުމަށް އެހީތެރިވެދިނުމަކީވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެއް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

HajjCop_ads
Advertisement

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ، މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ޖަމްޢިއްޔާތަކަށް ހާއްސަ އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަސް ކަމަށެވެ.

މި ބައްދަލުވުމަކީ މުޅި ރާއްޖޭގެ ޖަމްޢިއްޔާތައް އެއް މަންސައަކުން ބައްދަލުވެ، ގައުމުގެ ދީނީ އަދި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށް މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެއް ކަމަށް އެ ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

F19d4768 8c6d 41a6 b4bf 61b657da81a3

މަސައްކަތް ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން: ޑރ. ޝަހީމް

HTHjaePbgAAYYkh

ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ފުރަތަމަ ފަހަރަށް ރާއްޖެވަޑައިގަންނަވަނީ

6145618908455572273

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އަމިއްލަ 2 ކުންފުންޏަކަށް