ގދ. ތިނަދޫ ސިޓީގައި ބިދޭސީއަކު ނިޔަވެފައި އޮއްވާ ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި، މީހަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ފަތިހު 4:11 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ޑރ. ޢަބްދުއްސަމަދު މެރޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.  ފުލުހުން ބުނީ ނިޔާވެފައިވަނީ 27 އަހަރުގެ، ބަންގްލަދޭޝް ފިރިހެނެއްކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.