ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުވަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިއްޖެ

WhatsApp Image 2026 08 31 at 20.44.11
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އަތުރައި ފުރިހަމަކުރުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއާއެކު ސޮއިކޮށްފައިވަނީ 14 އޯގަސްޓު 2023 ގައެވެ. ނަމަވެސް، މި މަސައްކަތް ޢަމަލީގޮތުން ނުފެށި ގިނަ ދުވަސްތަކެއް ވަނީ ހޭދަވެގެން ގޮސްފައެވެ.

ކުޑަހުވަދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމަށް ހިންގާ މި މަޝްރޫޢުގެ ތެރެއިން އެ ރަށުގެ އުތުރުފަރާތު ބަނދަރުގައި 176 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ބޮޑުހިލައިގެ ބޭރުތޮށި 312 މީޓަރަށް އިތުރުކުރުމުގެ އިތުރުން 90 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ހެދުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން ބަނދަރުގައި ފައްތިޔާ ގާއިމުކުރުމާއި ބޭރުތޮއްޓަށް އެރޭނެގޮތަށް ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ދާލު އަތޮޅުގެ ވެރިކަން ކުރާ ކުޑަހުވަދޫއަކީ މަސްވެރި ރަށެއްގެ އިތުރުން ބޭސްފަރުވާ އާއި އެނޫންވެސް އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ރަށެކެވެ. އެހެންކަމުން، އެ ރަށުގެ ބަނދަރަކީ ގިނަ އަދަދަކަށް ކަންނެލި އޮޑިފަހަރާއި ލޯންޗު އަދި ޑިންގީތައް އަޅާ ބާރުބޮޑު ބަނދަރެކެވެ.

މިހާރު އެ ރަށުގައި ބޭނުންކުރަމުންދާ ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑުވުމުގެ ސަބަބުން އުޅަނދުފަހަރަށް ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން، ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމަކީ މުޅި ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

F51e5835 e7ee 489f be84 e9bb862e1f68

އެމްޓީސީސީގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރަކު ހޯދަން އިޢުލާންކޮށްފި

Heena

އެމްޓީސީސީގެ ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން ދެ ޑިރެކްޓަރުން އިންތިޚާބުކުރަން ކުރިމަތިލާން ހުޅުވާލައިފި

WhatsApp Image 2026 08 31 at 16.03.15

ފީއަލީ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރިއަށް

WhatsApp Image 2026 08 31 at 13.05.23

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް