ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ރުފިޔާ ދައުރުވާ ނިޒާމަކަށް ބަދަލުކުރަން 10 ވަރަކަށް އަހަރު ނަގާނެ: ރައީސް

471312 7b054693 6
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދިވެހި ރުފިޔާ ދައުރުވާ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ބަދަލުކުރެވޭނީ އެކި މަރުހަލާތަކަށްފަހު އަޅާ ފިޔަވަޅުތަކުންކަމަށާއި، އެކަމަށް 10 ވަރަކަށް އަހަރު ނަގާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބައެއް ބިލުތައް ތަސްދީޤްކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ރުފިޔާ ދައުރުވާ ނިޒާމަކަށް ނުވަތަ ދިވެހި ރުފިޔާއިން މުޢާމަލާތްކުރެވޭ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ބަދަލުކުރުމަކީ ހުރިހާ ސަރުކާރުތަކުންވެސް ދިއުމަށް ބޭނުންވާ އަމާޒުކަމަށެވެ. ރައީސް ވިދާޅުވީ މި ޢަމާޒަށް ވާސިލުވެވޭނީ ހުރިހާ އިދާރާތައް ގުޅިގެން ކުރާ މަސައްކަތަކުންކަމަށާއި މިއީ ވަރަށް ގިނަ މަރުޚަލާތަކެއް ފުރިހަމަކުރަންޖެހޭ ކަމެއްކަމަށެވެ.

ރާއްޖެއިން ކޮށްފަވާ އިންވެސްޓްމަންތްތައް ލޯނުތައް އަދި މިފަދަ ހުރިހާ ކަމަކާ ގުޅިފަވާ ކަމެއް މިއީ. 10 އަހަރުގެ ރާސްތާއެއް ނަގާނެކަމަށް ބެލެވެނީ އެހިސާބަށް އެއްކޮށް ގެންދިއުމަށް.

HajjCop_ads
Advertisement

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ވަރަށް މަސްހުރި ނިޒާމެއްކަމަށެވެ. ބޭރުފައިސާ ނުވަތަ ޚާއްސަކޮށް ޑޮލަރު ގިނަ އަދަދަކަށް ބޭނުންކުރާއިރު މިކަމަށް ވަރަށް ތަފްސީލީ ގޮތެއްގައި ރިއާޔަތްކުރެވިގެން ނޫނީ މި ބަދަލު ނުގެނެވޭނެކަމަށެވެ. މަސައްކަތްތައް ބަހާލާ ތަރުތީބުކުރެވި، މުޅި ނިޒާމު ދިވެހި ރުފިޔާގެ ނިޒާމަކަށް ބަދަލުކުރުމަށް 10ވަރަކަށް އަހަރު ނަގާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މާލީ ނިޒާމުގައި ބޭރު ފައިސާ ބޭނުންކުރެވޭގޮތުގައި މާބޮޑު ކޮންޓްރޯލެއް ނޯވެއެވެ. ޚާއްސަކޮށް ޑޮލަރުން މުޢާމަލާތްކުރުމުގައި އޮތީ ހުޅުވިފައި އޮތް މާކެޓެކެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގައި މި ނިޒާމު އޮތީ، އެ ޤައުމެއްގެ ރަސްމީ ފައިސާއަށް މާރުކޮށް، ފައިސާގެ މުޢާމަލާތްކުރެވޭނެ ނިޒާމެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ބ ބަޗީ
ބިރެއް ނެތި ކުރިޔަށް ވަޑައިގަންނަވާ. ދިވެހިން ހޭނެ ދުވަސް އަންނާނެ، އިންޝާ ﷲ.

ގުޅުންހުރި

raees Muiz

އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބަލާނެ. ތަފާތެއް ނުކުރާނެ: ރައީސް

471351 3f520f29 0

ބިލުތައް އެކުލަވާލައި ތަސްދީޤުކުރަނީ ފަންނީ ދިރާސާތަކަށް ފަހު: ރައީސް

471356 8b93dc89 4

ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމަށް ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލަނީ

DSC

މާލޭގެ ދަތުރުފަތުރަށް ވަކި އޮފީހެއް ހެދުމަށް ޤާނޫނު ހެދީ ތަޖުރިބާގެ އަލީގައި: ރައީސް