ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޖުރިމު ނަތަންޔާހޫއަކީ މުޅި އިންސާނިއްޔަތުގެ ދުޝްމަނެއް އޭނާ ހުއްޓުވަންޖެހޭ: ތުރުކީގެ ޚާރިޖީ ވަޒީރު

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފީދާން
TTH_Ads
STO_Ads
Maldivian_Ads
Advertisement

އިސްތިއުމާރީ ދައުލަތުގެ ބޮޑުވަޒީރު މުޖުރިމު ނަތަންޔާހޫއަކީ މުޅި އިންސާނިއްޔަތުގެވެސް ދުޝްމަނެއް ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފީދާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވީ، އިސްތަމްބޫލްގައި މިއަދު ބޭއްވި މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓްގެ ކޮމިޓީ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފީދާން ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނާއި، މުސްލިމުންގެ ލޭ އޮހޮރުވައި އެކަމަށް އުފާކުރާ ބޮޑު މުޖުރިމު ނަތަންޔާހޫ ހުއްޓުވަންޖެހޭ ކަމަށެވެ.

HajjCop_ads
Advertisement

ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކާއެކު މުޖުރިމު ނަތަންޔާހޫ މިހާރު ވެފައިވަނީ މުޅި އިންސާނިއްޔަތުގެވެސް ދުޝްމަނަކަށް ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، އޭނާގެ ފަރާތުން ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ދެކޮޅަށް ދުނިޔޭގެ ނިޒާމުތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ނަތަންޔާހޫ ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އިސްރާއީލާއި، ފަލަސްތީނާއި އަދި މުޅި ސަރަހައްދަށް ވެސް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށް ހަކަން ފީދާން ވިދާޅުވިއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން އޭނާ ބޭނުން ނުވާކަން ވަރަށް ސާފު ކަމަށާއި، މުޅި ސަރަހައްދުގެ ގައުމުތައް ހިސާރުކުރަމުންދާ ދިއުން ދޫކޮށްލަންވެސް ނަތަންޔާހޫ ބޭނުން ނުވާކަމަށާއި، އޭނާ ބޭނުންވަނީ ނަސްލު ނައްތާލުމާއި، ގައުމުތައް ހިސާރުކުރުމުގެ އުސޫލު ކުރިއަށް ގެންދިއުމަށް ކަމަށްވެސް ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Netanyahu

ނަތަންޔާހޫ ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރެދިނުމަށް ތުރުކީން އެދިއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ފޮޓޯއިން ޚަބަރު: ސޮއިކުރެއްވުމުގެ ކުރިން 3 ލީޑަރުންވެސް ވަޑައިގެންނެވީ ހުކުރު ނަމާދަށް

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި