މާލޭ ގަލޮޅު ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި ކޯޕަރޭޝަނާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިޢުއެވެ. އަދި ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.
މި މަޝްރޫޢުގެ ދަށުން ގަލޮޅު ފުޓްސަލް ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޒުވާނުންނަށާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު ވަސީލަތްތަކާއެކު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. މިއީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ކުޅިވަރު ކުޅުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.

މި އެއްބަސްވުމުގެ ދަށުން ދަނޑުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ފުޅާކޮށް، ޒުވާނުންގެ ހުނަރުތައް ކުރިއަރުވައި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމެވެ.










ކިޔުންތެރިންގެ ހިޔާލު