އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ.ވައިޓްޑައިމަންޑް، ޖަމީލާ ޢަލީ ޚާލިދު މިއަދު އައްޔަނުކުރައްވައިފިއެވެ.
ޖަމީލާއަށް މަގާމުގެ ފަތްކޮޅު ރައީސް މުއިއްޒު އެރުވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޖަމީލާ އެ މަގާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީންވަނީ ޖަމީލާގެ ޝަރުތު ހަމަވާކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ޖަމީލާ އެ މަގާމަށް އައްޔަން ކުރުމަށެވެ.
ޖަމީލާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ފުރުއްވާފައެވެ. ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް ވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވިއެވެ. މީގެ އިތުރަށް ޖަމީލާ ވަނީ ދައުލަތުގެ މީޑިއާގައި ވެސް ގިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ.










ކިޔުންތެރިންގެ ހިޔާލު