ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑްކުރި ކަމުގެ ތުހުމަތުގައި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަނިޔާލިބުނު ކުޑަކުއްޖާގެ ބައްޕަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހިންގި ތަޙުޤީޤުގެ ތެރެއިން ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިންނެވެ.
ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށްޓަކައި އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ގޯނާގެ މައްސަލަތަކަކީ ފުލުހުން އެންމެ އިސްކަމެއް ދީގެން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށްވާއިރު، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު