ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޭތުވެދިޔަ 48 ގަޑިއިރުތެރޭ ޣައްޒާއިން 9 މީހުން ޝަހީދު ކޮށްލައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

އިސްތިއުމާރީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 9 މީހުން ޝަހީދު ކޮށްލައިފިއެވެ.

މި ހަމަލާތަކުގައި 18 މީހުން ޒަޚަމްވެފައިވާ ކަމަށް، ޣައްޒާ ހެލްތު މިނިސްޓްރީން ބުނެއެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން ކެނޑިނޭޅި ކޮންމެ ދުވަހަކު ގެންދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާތައް ދެމުންނެވެ. އަސްކަރީ ޖެޓުތަކާއި، ޑްރޯންތައް ބޭނުންކޮށްގެން މިސައިލާއި ބޮމުން ހަމަލާތައް ދެމުން ގެންދާއިރު، އެއްގަމުން ބޮޑުބަޑީގެ ހަމަލާތައް އަދި ބަޑި ޖަހައިގެންވެސް މީހުން ޝަހީދު ކުރަމުން ގެންދެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ބުލްޑޯޒަރު ވައްދައިގެން ޣައްޒާގެ އެކި އަވަށްތަކުގެ ގެތަކާއި އިމާރާތްތައް ތަޅައި ގެންދަނީ ބިމާހަމަކުރަމުންނެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްތިއުމާރީ ސިފައިން ޣައްޒާގެ އާންމުންނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގައި މިހާތަނަށް 73،449 މީހުން ޝަހީދުކޮށްލާފައި ވާއިރު، ޒަޚަމްވިކަމަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު 174،472 އަށް އަރާފައި ވެއެވެ.

ހަމަލާތައް ހުއްޓާލަން ވެވުނު އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށިފަހުން އެކަނިވެސް ޣައްޒާއިން މިހާތަނަށް 1،313 މީހުން ޝަހީދުކޮށްލާފައި ވެއެވެ.  އޭގެތެރޭގައި 300 ކުޑަކުދިން  ހިމެނެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ހަމަލާދީ ގިނައިން ޝަހީދުކޮށްލާފައި ވަނީ، ޣައްޒާގެ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.

މިއީ، ޣައްޒާގެ ނަސްލު މުޅިން ނެތިކޮށްލުމަށް ހިންގާ ޖަރީމާތަކެއް ކަމަށް އދގެ މިނިވަން ތަހްގީގުތަކުން ސާބިތުވެފައި ވާއިރުވެސް އަދި މުޅި ދުނިޔެއިން އެވާހަކަ ދައްކަމުން ގެންދާއިރުވެސް، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ގެންދަނީ މިޖަރީމާތައް ހިންގުމަށް ޒަޔަނިސްޓުންނަށް އެހީވެދީ، ހިތްވަރުދީ ތާއީދު ދެމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްތިއުމާރީ ސިފައިން ހުޅަނގު އައްސޭރީގެ ޖެނީން ހިފައި، އާންމުން ރަށުންބޭރުކޮށްފި

ގާޒާ ސިޓީގެ ކެފޭއަކަށް އިސްތިއުމާރީ ސިފައިން ޓެރަރިސްޓު ހަމަލާއެއްދީ 6 މީހުން ޝަހީދުކޮށްލައިފި

ލުބުނާނުގެ ދެކުނު:

ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 11 މީހުން މަރުވެއްޖެ

ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ އަވަށެއް ހިސާރުކޮށްގެން އުޅޭ މައްސަލަ ވަރަށް ހޫނުވެއްޖެ