ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޭޕާލްގައި ކާރިސާ ހިނގި ސަރަހައްދުގައި ދިވެއްސަކު ހުރިކަމުގެ ރިޕޯޓެއް ނެތް: ޚާރިޖީ ވުޒާރާ

Foreign ministry
Maldivian_Ads
STO_Ads
TTH_Ads
Advertisement

ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއެއް ހިނގާފައިވާއިރު، އެ ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާއެއް ދިމާވެފައިވާތީ، މި ހާދިސާއާ ގުޅިގެން އެކަން ވަރަށް ގާތުން މޮނިޓަރ ކުރަމުން އަންނަކަމަށެވެ. އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ހާލަތު ބެލިބެލުމުން، ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މި ހާދިސާގައި އަސަރުކޮށްފައި ނުވާކަން ވަނީ ކަށަވަރުވެފައެވެ.

މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ، އެ ވުޒާރާގެ ހޮޓްލައިން ނަންބަރު +9607983400 އަށް ގުޅުމަށް ނުވަތަ ކޮންސިއުލަރ އީމެއިލް [email protected] މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް ޚާރިޖިއްޔާއިން ވަނީ އެދިވަޑައިގެންފައެވެ.

HajjCop_ads
Advertisement

ނޭޕާލް-ޗައިނާ ބޯޑަރުގައި ހިނގި މި ހާދިސާއަކީ ގްލޭޝިއަލް ކޮލަޕްސް އާއި އައިސް ރޮކް އެވަލެންޗްގެ ސަބަބުން ބޮޑެތި ފްލެޝް ފްލަޑްތަކެއް އުފެދި ހިނގި ގުދުރަތީ ކާރިސާއެކެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު 350 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، 800 އާއި 900 އާ ދެމެދުގެ އަދަދަކަށް މީހުން ވަނީ ގެއްލިފައެވެ. ގެއްލުނު މީހުންގެ ތެރޭގައި 30 އަށް ވުރެ ގިނަ ގައުމުތަކުގެ ފަތުރުވެރިންނާއި ދަތުރުވެރިން ހިމެނެއެވެ.

މި ކާރިސާގެ ސަބަބުން މަދުވެގެން 19 ބްރިޖަކާއި، ދިހަވަރަކަށް ކިލޯމީޓަރުގެ މައި ހައިވޭ މަގުތަކާއި، ހައިޑްރޯޕަވަރ ފެސިލިޓީތަކުގެ އިތުރުން ބޯޑަރު ޕޯސްޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އަލަށް އުފެދިފައިވާ ގްލޭޝިއަލް ބެރިއާ ލޭކްތަކާ ގުޅިގެން ނޭޕާލާއި ޗައިނާގެ އިދާރާތަކުން ވަނީ އިތުރަށް އުދައަރައި ފެންބޮޑުވެދާނެކަމުގެ އިންޒާރުވެސް ނެރެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ގެއްލުނު ތިން މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީތެރިކަން ހޯދަނީ

Io

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

Ew

އީރާނުގެ ސުޕްރީމް ލީޑަރުގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނީ ޕްރޮޓޮކޯލް ބަދަލުވުމުން: ސަރުކާރު

88887

އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލައިފި