ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކާތު ހައުސްއިން ޒަކާތަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ކ. ހުރާ ކައުންސިލާ ގުޅިގެން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން، ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ ޕްރޮގްރާމްތަކެއް އިއްޔެ އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

ޒަކާތު ހައުސްއިން މައުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން، އެ ރަށުގެ އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައިވެއެވެ. މި ސެޝަނުގައި އިސްލާމްދީނުގައި، ހާއްސަކޮށް މުދަލު ޒަކާތަށް ދެއްވާފައިވާ އަހަންމިއްޔަތާއި ޒަކާތުގެ ޝަރުޢީ ޙުކުމްތަކުގެ މައްޗަށް އަލިއަޅުވާލަފައިވާނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

މީގެ އިތުރުން ޒަކާތް ނެރެންޖެހޭ މުދަލާއި، ޒަކާތަށް ނެރޭނެ މިންވަރު ހިސާބު ކުރާނެ ގޮތްތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ބައްޓަންވެފައިވާ ގޮތާއި ޒަކާތު ފަންޑުން ފޯރުކޮށްދޭ އެހީތަކާ ގުޅޭ ތަފުސީލީ މައުލޫމާތުތައް ބައިވެރިންނާ ހިއްސާކޮށްފައިވާކަމަށް ވެސް ޒަކާތު ހައުސްއިން މައުލޫމާތު ދީފައިވެއެވެ.

HajjCop_ads
Advertisement

ޒަކާތު ހައުސްއިން އިތުރަށް ބުނީ، އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ހުރާ ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ވެސް މައުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ހަވީރުގެ ވަގުތުގައި ޒަކާތު ހައުސްގެ ޓީމުން އެ ރަށުގެ ބައެއް ވިޔަފާރި މަރުކަޒުތަކަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިންނަށް މުދަލު ޒަކާތާ ގުޅޭ މުހިންމު މައުލޫމާތުތައް ސާފުކޮށްދީފައިވާކަމަށްވެސް ބުންޏެވެ.

މީގެއިތުރުން، އިއްޔެގެ މަޣްރިބް ނަމާދަށްފަހު ހުރާގެ ޒިންނޫރައިން މިސްކިތުގައި ޒަކާތުގެ ޝަރުޢީ ޙުކުމްތަކާ ގުޅޭގޮތުން ހާއްސަ ދީނީ ދަރުސެއް ވެސް ދީފައިވެއެވެ. މި ދަރުސް ދެއްވީ ޒަކާތު ހައުސްގެ ވާޢިޡު މުޝްރިފް، އައްޝައިޚް ޢިއްޒައްދީން އަދުނާނެވެ.

ހުރާ ކައުންސިލާއި ހުރާ ސްކޫލް މެނޭޖްމަންޓުގެ ބޮޑު އެހީތެރިކަމަކާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަށް އެ ދެ އިދާރާގެ އިތުރުން ހުރާގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި ތަރުހީބު ފާހަގަކޮށް، ޒަކާތު ހައުސްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި އެ ފަރާތްތަކަށް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakat

މުދަލު ޒަކާތުގެ ގޮތުގައި ޖުލައި މަހު ލިބުނު ޢަދަދު %44 އިތުރުވެއްޖެ

90

ޒަކާތަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމެއް ހުރާގައި ކުރިއަށް ގެންގޮސްފި

zakaathu house

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި 97 މިލިޔަން ރުފިޔާ ލިބިފައިވޭ

mudalu zakaai

މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.3 މިލިއަން ލިބުނު