މާލޭގެ ދިރުކުށި ގޯޅި (ސްކޫޕް ގޯޅި ސަރަޙައްދު) ގައި ހުންނަ ގެއެއްގައި ގޭސް ލީކުވި ކަމަށް ބެލެވޭ ހާދިސާއެއްގައި އަންހެނަކު ނިޔާވެ، ކުޑަކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން އެ އަންހެން މީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާގައި އަނިޔާވި ކުޑަކުއްޖާ ފުރަތަމަ އައިޖީއެމްއެޗަށް ގެންދިއުމަށްފަހު، ހައިޕަރބެރިކް ޗެމްބަރ ފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ނުވަތަ މީހާ މަރުވާން މެދުވެރިވި ސީދާ ސަބަބާ ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި އެ ގޭގެ ކައިރިން ގަދައަށް ގޭހުގެ ވަސް ދުވާފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު