ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ އަޑު: މިފަހަރުވެސް 8 ދާއިރާއަކުން ނަން ނޯޓުކުރެވޭނެ

muiz
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވުމަށް ހަމަޖެހިފައިވާ “ރައްޔިތުންގެ އަޑު” ސިލްސިލާގައި ބައިވެރިވެ ވަޑައިގަތުމަށް އިތުރު 8 ދާއިރާއަކުން ނަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ހުޅުވައިލައްވަނީ ހެންވޭރު އުތުރު ދާއިރާ، މިލަންދޫ ދާއިރާ، ވެލިދޫ ދާއިރާ، ތުޅާދޫ ދާއިރާ، ފެލިދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، އަދި ގުރައިދޫ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

“ރައްޔިތުންގެ އަޑު” ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، ރައީސް އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް rayyithungeadu.presidency.gov.mv/ މެދުވެރިކުރައްވައި، 31 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރެއްވުމަށް ވަނީ އެދިފައެވެ.

HajjCop_ads
Advertisement

މި ބައްދަލުވުމަކީ، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ފަށްޓަވާ “ރައްޔިތުންގެ އަޑު” ސިލްސިލާގައި ކުރިއަށްގެންދާ ބައްދަލުވުމެެކެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު އާންމުކޮށްފައިވާއިރު އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެދޭ މީހުންގެ އަދަދަށާއި، މި ބައްދަލުންވުންތަކަށް ކަނޑައެޅިފައިވާ ވަގުތަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިދާރީ އިންތިޒާމުތަކަށް ބަލައިގެން ބައްދަލުންވުންތަކަށް ފުރުސަތު ދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި ބައްދަލުވުމުގައި ބައިވެރިވާ ފާރަތްތަކުގެ އަމިއްލަ ވާހަކައާއި، އެ ފަރާތެއް ނިސްބަތްވާ އިދާރާއާ ގުޅުންހުރި ވާހަކައާ މުޅި ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަންކަމުގެ ވާހަކަ ދެއްކިދާނެ ކަމަށާއި، އަދި ރައީސްއާއެކު ބާއްވާ ބައްދަލުވުން އޮންނާނެ ތާރީޚާއި ވަގުތު ހުށަހަޅާފައިވާ މުއާމަލާތް ކުރާ ވަސީލަތް މެދުވެރިކޮށް އަނގާނެކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލުގެ ދަށުން ބައްދަލުވުމުގެ ބައިވެރިވުމަށް ހާޒިރުވާ ފަރާތާއެކު އެ ފަރާތުގެ އަބިމީހާ ނުވަތަ ފިރިމީހާ، އެ ފަރާތުގެ އެއް ދަރި އަދި މަންމަ ނުވަތަ ބައްޕަ ގެންދެވޭނެއެވެ. މި ބައްދަލުވުމުގައި ވާހަކަ ދެއްކުމަށް ކޮންމެ މީހަކަށްވެސް 10 މިނިޓުގެ ވަގުތެއް ދެވޭނެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވާ އެންމެހައި ބައިވެރީންގެ އަމަލުތައް ބަހައްޓަންވާނީ، އަދަބުވެރިކަމާއެކު ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ބިރު ދެއްކުމާއި، ހުތުރު ބަހުން މުއާމަލާތް ކުރުމާއި، މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކަށް ފުރުސަތު ނުދޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާން ކުރެއްވީ، ޕީއެސްއެމްއާ ގުޅިގެން ގެނެސްދޭ ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް މީގެ ކުރިންވެސް 8 ދާއިރާގެ ރައްޔިތުންނަށް ނަން ނޯޓުުކުރުމަށް ހުޅުވާލިއެވެ. އެއީ، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ. އަދި މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ އަދި ފުވައްމުލަކު ދެކުނު ދާއިރާއިންނެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަ ދެއްކުމުގެ ފުރުޞަތު މިޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. މީގެކުރިންވެސް އެމަނިކުފާނުވަނީ، ރައްޔިތުންނާ ގާތަށް ވަޑައިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެމަނިކުފާނުވަނީ، ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ހުރިހާ ކައުންސިލުތަކާއި ބައްދަލު ކުރައްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އެސެޓް ރިކަވަރީ ގާނޫނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތައިލުން: ރައީސް

Muizz

ދިވެހި އިންޖިނޭރުން ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ: ރައީސް

raees muiz

އަަހަރެއްހައި ދުވަސްތެރޭ ތިލަމާލެ ބުރިޖުގެ މަސައްކަތް މުޅިން ނިމޭނެ: ރައީސް

raees muiz

ބޭރު ފައިސާ ގާނޫނަށް ގެންނަ އިސްލާހުތަކުން ފައިދާވާނެ: ރައީސް