ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފާއިތުވި ހަފުތާގައި ސްކޭމްތަކުގައި ބައި މިލިޔަނެއްހާ ރުފިޔާ އޮޅުވައިލައިގެން ފޭރިގެންފައިވޭ!

scam alert
TTH_Ads
STO_Ads
Maldivian_Ads
Advertisement

މި އޮގަސްޓް މަހުގެ 16 އިން 22 އާ ދެމެދު ހުށަހެޅުނު 39 މައްސަލައެއްގައި ޖުމްލަ 457,776.96 ރުފިޔާ އޮޅުވައިލައިގެން ފޭރިގެންފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މުއްދަތުގައި ގެއްލުނު ފައިސާގެ ތެރެއިން ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތައް ގުޅިގެން ކުރި މަސައްކަތުން 222,755.20 ރުފިޔާ އަނބުރާ ހޯދިފައިވެއެވެ. ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މައްސަލަތައް ކަމަށް ވާއިރު އެ ބާވަތުގެ 13 މައްސަލައެއް ހިމެނެއެވެ. ދެވަނައަށް އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ 10 މައްސަލައެވެ.

މީގެ އިތުރުން އެހެން މީހެއް ކަމަށް ހެދިގެން ފައިސާ ހޯދުމުގެ ފަސް މައްސަލައާއި ބުކިން ކެންސަލް ކުރުމާއި ރިފަންޑާ ގުޅޭ ހަތަރު މައްސަލައާއި އިންވެސްޓްމަންޓް ސްކޭމްތަކުގެ ދެ މައްސަލައެއް ހިމެނެއެވެ. އެ ނޫން ބާވަތްތަކުގެ ފަސް މައްސަލައެއް ވެސް ހުށަހެޅިފައިވެއެވެ.

HajjCop_ads
Advertisement

މި ބާވަތުގެ ޖަރީމާތަކުން ރައްކާތެރިވުމަށް ނުދަންނަ ފަރާތްތަކަށް ކުރިއާލައި ފައިސާ ނުފޮނުވުމާއި ފައިސާ މާރުކުރާ ނަމަ ލައިސަންސް އޮތް ތަންތަން ބޭނުންކުރުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން ސީދާ އެ ފަރާތަކަށް ގުޅައިގެން ޔަގީންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. ހަމައެހެންމެ ކުރު މުއްދަތެއްގައި ބޮޑު ފައިދާ ލިބޭނެ ކަމަށް ބުނާ އިންވެސްޓްމަންޓް ފުރުސަތުތައް ރަނގަޅަށް ދިރާސާކުރުމާއި ރިފަންޑެއް ފޮނުވުމުގެ ކުރިން އެ ފައިސާ އެކައުންޓަށް ވަދެފައިވާ ކަން ޔަގީންކުރުމަށް ވެސް އެދިފައިވެއެވެ.

ފައިސާގެ ކޮންމެ މުއާމަލާތެއް ކުރުމުގެ ކުރިން ވެސް އެ ކަމެއްގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kulli khabaru

ވަޒަންހުރި މެގަޒިނެއް ގެނައި މީހާގެ ބަންދަށް 10 ދުވަސް

police

މާލެ ބޭރުން ލޯންޗެއްގައި ޖެހި ފިލި ދޯނި ހޯދައި ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

ކަނޑުމަތީގެ އެކްސިޑެންޓެއްގައި މަޑުނުކޮށް ދިޔަ ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި