މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއްގައި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު ފިލި ދޯނި ފުލުހުން ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ދެހާސް ސައުވީސް ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެކްސިޑެންޓަށްފަހު ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމާ ގުޅިގެން، އެ އުޅަނދު ދެނެގަނެ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ފުލުހުން ދިޔައީ ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން، އޯގަސްޓް މަހުގެ ބާވީސް ވަނަ ދުވަހުގެ ހަވީރު ފަހެއް ޖަހައި ފަންސާސް ދެމިނެޓު އެހައިކަންހާއިރު އެ ދޯނި ވަނީ ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ފެނިފައެވެ.

އިޝްތިހާރު އިޝްތިހާރު

ދޯނި ފެނުމާ ގުޅިގެން ފުލުހުން ވަނީ އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައެވެ. އަދި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަނާ ވަނީ ސުވާލުކޮށްފައެވެ.

މީގެއިތުރުން، ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ވަނީ އޭނާގެ ލައިސަންސްވެސް ހިފަހައްޓާފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.