މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަަންޑާ ސެކްރެޓަރީގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
އަރީޝް އެންމެ ފަހުން އަދާކުރައްވަމުން ގެންދެވީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމެވެ. އޭނާ އެ މަގާމަށް އިންތިޚާބުކުރެވުނީ 2025 މާރިޗު 16 ވަނަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ ރަސްމީ އާންމު ބައްދަލުވުމުގައެވެ.

އެމްޑީޕީގެ ޓިކެޓުގައި 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު އުތުރު-ހުޅަނގު ދާއިރާގެ ކައުންސިލަރުގެ ގޮތުގައި އިންތިޚާބުވި އަރީޝް ވަނީ 2024 ޖެނުއަރީ 25 ގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު