ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނީލަމަށްލި މޭޒަކީ ރައީސުން ބޭނުންކުރެއްވި މޭޒެއް ނޫން: ސަރުކާރު

Big rd0A6HWmpwmzgf3TWgdDeEOoP
TTH_Ads
STO_Ads
Maldivian_Ads
Advertisement

ކުރިން ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން ބޭނުންކުރެއްވި މޭޒެއް ނީލަމުގައި ވިއްކާލާފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޮގުކޮށްފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ބަޔާނެއްްގައި ވިދާޅުވީ ރައީސް އޮފީހުން ނީލަމުގައި ވިއްކާލާފައިވާކަމަށް ބުނެ މީޑިއާގައި ފޮޓޯ ދައުރުވަމުންދާ މޭޒަކީ ރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރަކު ބޭނުންކުރައްވާފައިވާ މޭޒެއް ނޫންކަމަށެވެ. އެ މޭޒަކީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވެފައިވާ މޭޒެއްކަމަށާއި، އެ މޭޒު ނީލަމަށްލީ ދައުލަތުގެ އެފަދަ މުދާ ނީލަމަށް ލާން އޮންނަ އުޞޫލުތަކާއި އިޖުރާޢަތުތަކާ އެއްގޮތަށްކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ނީލަމަށްލާ ފަރުނީޗަރުތަކުގައި ދައުލަތުގެ ނިޝާން ހިމެނޭނަމަ ނީލަމަށްލުމުގެ ކުރިން އެ ނިޝާން އެ ފަރުނީޗަރުން އުނިކުރާނެކަމަށާއި، ނަމަވެސް އެ މޭޒުގެ ފޮޓޯއާއި ޚަބަރުތައް ފަތުރަމުންދަނީ، ފޮޓޯގެ އަސްލަށް ބަދަލުގެނެސްގެންކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި އެ އުނި އިތުރު ގެނެސްފައިވަނީ ކުރީގެ ރައީސުން ބޭނުންކުރި ރަސްމީ މޭޒެއްގެ ގޮތުގައި ދެއްކުމަށްކަމަށްވެސް ތަރުމާނުވަނީ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

އެހެންކަމުން އެފަދަ ޚަބަރުތައް ޝާޢިއުކުރާއިރު ސީދާ ކަމާބެހޭ ރަސްމީ އިދާރާތަކުން ސައްޙަ މަޢުލޫމާތު ހޯދުމަށާއި، މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ތަރުޖަމާނު އިލްތިމާސްކުރެއްވިއެވެ. އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށްވެސް ތަރުޖަމާނު ވަނީ އެދިވަޑައިގެންފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471601 6fc0382f 2

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރު ދައްކައި ޚަލާސްކޮށްފި

resorts

ދިވެހި ރައްޔިތުންނަށް ހިއްސާ ދިނުމަށް ހަދާ 10 ރިސޯޓު، ތަރައްޤީކުރާނެ ސަރަޙައްދު ކަނޑައަޅައިފި

410818 bb529946 1

މަދަނީ މައްސަލަތައް އަވަސްކުރަން ޤާނޫނު އިޞްލާޙުކުރަނީ

471601 6fc0382f 2

އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭ: ރައީސް